އެ ގޮތުން އެންމެ ފުރަތަމަ ބައްދަލުވުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަު ޝާހު މާހިރު އާއި ކުންފުނީގެ މެނޭޖްމަންޓުން ބ. އަތޮޅު އޭދެފުށީ ކައުންސިލާއި ވަނީ އެކުގައި ބާއްވާފައި އެވެ.
މި ބައްދަލުވުމުގައި، ކައުންސިލުން ވަނީ ބޭސް ލިބުމުގަޔާއި ދާއިމީ ބައްޔަށް ބޭސްފަރުވާކުރާ ފަރާތްތަކަށް ބޭސް ލިބުމުގެ ދިމާވަމުންދާ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން ދާނިޝް ނިޒާމް "ސީއެންއެމް" އަށް މިއަދު ވިދާޅުވެއްޖެ އެވެ.
ސްޓޭޓް ފާމާގެ މެނޭޖްމަންޓުން އަތޮޅުތަކުގެ ކައުންސިލާއި އެކުގަ ބޭއްވި ބައްދަލުވުމުގެ ތެރެއިން
މިކަމާއި ގުޅިގެން، ކުންފުނީގެ އެމްޑީވަނީ، ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުންފުނިން ގެންގުޅޭ ހާއްސަ ޕްލޭނާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ބޭސް ހަރުދަނާ ގޮތެއްގެ ދަށުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުވުމުގައި އިިތުރަށް ވަނީ، ކައުންސިލްތައް މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށް އެ ކުންފުނިން ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު އިތުރަށް ހިއްސާކޮށް، އަހުލުވެރި ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށް ދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފެއްދި ކުންފުންޏެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;