ads
އަރުޝަދު ވާރްސީ އަދި ޝާހުރުކް ހާން
ޝާހްރުކްގެ އާއިލާއަށް ދުވަހަކުވެސް ނޫނެކޭ ނުބުނެވޭނެ: އަރުޝަދު ވާރްސީ
ބޮލީވުޑްގެ ކިންގް ޚާން، ޝާހްރުކް ހާން އަދި އޭނާގެ އާއިލާއާ އޮތް ގާތް ގުޅުމެއްގެ ސަބަބުން އެ އާއިލާއިން ހުށަހަޅާ އެއްވެސް ކަމަކަށް ދުވަހަކުވެސް "ނޫނެކޭ" ނުބުނެވޭނެ ކަމަށް މަޝްހޫރު އެކްޓަރު އަރުޝަދު ވާރްސީ ބުނެފި އެވެ.
Advertisement

އޭނާގެ އާ ފިލްމު "ދަމާލް 4" ގެ ޕްރޮމޯޝަން ހަރަކާތްތަކުގެ ތެރޭގައި ވާހަކަދައްކަމުން އަރުޝަދު ވަނީ، ޝާހްރުކް ހާންގެ ކުރިއަށް އޮތް ބޮޑު ފިލްމު "ކިންގް" އިން އޭނާއަށް މުހިންމު ރޯލެއް ލިބިފައިވާކަން ރަސްމީކޮށް ކަށަވަރުކޮށްދީފަ އެވެ.

އަރުޝަދު ބުނި ގޮތުގައި، ޝާހްރުކް ހާން އާއި އޭނާގެ އާއިލާއާ ދެމެދު އޮންނަނީ ހަމައެކަނި ފިލްމީ މަސައްކަތުގެ ގުޅުމެއް ނޫނެވެ. އެއީ ވަރަށް ވަރުގަދަ އަދި ގާތް އާއިލީ ގުޅުމެއް ކަމަށްވުމުން، "ކިންގް" ފިލްމުން ފުރުސަތު ލިބުމާ އެކު އެއްވެސް ވިސްނުމަކާ ނުލައި ފިލްމު ގަބޫލުކުރީ އެ ލޯތްބާއި އިހުތިރާމަށްޓަކައި ކަމަށް އޭނާ ފާހަގަކުރި އެވެ.

ޝާހްރުކް ހާންގެ އާ ފިލްމު "ކިންގް" އަކީ ބެލުންތެރިންގެ މެދުގައި މިހާރުވެސް ބޮޑު އުންމީދެއް އުފެދިފައިވާ ފިލްމެކެވެ. މި ފިލްމުގައި އަރުޝަދު ވާރްސީ ބައިވެރިވާނެކަން ކަށަވަރުވުމާ އެކު، އޭނާގެ ފޭނުންނާއި ބޮލީވުޑްގެ ހަބަރުތައް ދިރާސާކުރާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އުފާވެރިކަން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;