ލަރިއްސާ އަކީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ބްރެޒިލް އަށް ނިސްބަތްވާ ރީތީގެ ރާނީއެކެވެ. އާރިޔަން އާއި ލަރިއްސާގެ ލޯބީގެ ވާހަކަތައް އެންމެ ފުރަތަމަ ފެތުރެން ފެށީ، އިންސްޓަގްރާމް އިން މި ދެމީހުން އެކަކު އަނެކަކަށް ފޮލޯކޮށް، އަދި ލަރިއްސާގެ މަންމަ އަށް ވެސް އާރިޔަން ފޮލޯކުރާކަން ފޭނުންނަށް ފާހަގަވުމާ ގުޅިގެންނެވެ.
މީގެ އިތުރުން، އާރިޔަން އާއި ލަރިއްސާ އެކުގައި ބައެއް ޕާޓީތަކުންނާއި ހަފްލާތަކުން ވަނީ ފެނިފަ އެވެ. އާރިޔަންގެ އަމިއްލަ ކްލޯތިން ބްރޭންޑުގެ އިޝްތިހާރެއްގައި ވެސް ލަރިއްސާ ފެނިފައިވާއިރު، މިކަމުގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަމެއް ނޫންކަމަށް ގިނަ ބަޔަކު ގަބޫލުކުރަން ފެށި އެވެ.
ލަރިއްސާ މިގޮތަށް ބުނެފައި ވީނަމަވެސް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެއީ ތެދެއް ނޫން ކަމަށް ބުނަމުންނެވެ. ފޭނުން ބުނާ ގޮތުގައި އެ ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަން ކަމަށް ބުނެ، ދެމީހުން މަސައްކަތްކުރަނީ ސިއްރުން ލޯބީގެ ގުޅުމެއް ކުރިއަށް ގެންދާށެވެ.
އާރިޔަން ހާން އަކީ އާންމުކޮށް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ސިއްރުކުރާ މީހެކެވެ. މިވަގުތު އޭނާގެ އަމިއްލަ ވިޔަފާރީގެ ކަންކަމަށާއި ފިލްމު ޑައިރެކްޓުކުރުމުގެ މަސައްކަތަށް ބޮޑު ސަމާލުކަމެއް ދެމުން އަންނައިރު، ލަރިއްސާ އާ އޮތް ގުޅުމުގެ ހަގީގަތް އެނގޭނީ ހަމަ އެ ދެމީހުންނަށެވެ.