ads
ވެނެޒުއެލާގެ ބިންހެލުން
ބިންހެލުމުގައި ވެނެޒުއޭލާއިން މަރުވި އަދަދު 3500އަށް ވުރެ މައްޗަށް
ވެނެޒުއެލާއަށް އައި ބިންހެލުންތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 3,500އަށް ވުރެ މައްޗަށް ގޮސް ޒަހަމްވި މީހުންނާއި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު 50،000އާ ގާތްކުރާއިރު ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އިންސާނީ އެހީ ލަސްވަމުންދާތީ އާންމުން ޝަކުވާކޮށް ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
Advertisement
ރަސްމީ ތަފާސްހިސާބުތަކާ ހަވާލާދެއްވައި، ވެނެޒުއޭލާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު ހޯހޭ މެންޑޭސް ވިދާޅުވީ، އެ ބިންހެލުންތަކުގައި މިހާތަނަށް ޖުމްލަ 3535 މީހުން މަރުވެފައިވާ ކަމަށެވެ.

އަދި 16740 މީހުން ޒަހަމްވެފައިވާއިރު، 17854 މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. މީގެއިތުރުން، ވެރިރަށް ކަރާކަސް އާއި ލަ ގުއޭރާ ފަދަ ސަހަރުތަކުގައި 12،800މީހުން ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ވެނެޒުއޭލާއަށް ރެސްކިއު ޓީމުތަކާއި، ފައިސާ އަދި އެހީގެ ސާމާނު ފޮނުވަމުންނެވެ. އެމެރިކާ އިން ވަނީ ހަނގުރާމަމަތީ ދެ މަނަވަރާއި، މުދާ އުފުލާ ބޯޓުތަކާއި، ހެލިކޮޕްޓަރުތައް ފޮނުވުމުގެ އިތުރުން 150 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ވެސް އިއުލާންކޮށްފަ އެވެ.

މި ބިންހެލުމުގެ ލޮޅުންތައް އަވަށްޓެރި ކޮލަމްބިއާއަށް ވެސް ކުރިމަތިވެ، ބޮގޯޓާގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިމާރާތްތަކުން ފޭބި އެވެ. މީގެ އިތުރުން ބްރެޒިލްގެ އުތުރުގެ ބައެއް ސިޓީތަކަށް ވެސް މި ބިންހެލުމުގެ ލޮޅުންތައް އިހުސާސް ކުރެވުނު ކަމަށް އެގައުމުގެ ސީޒްމިކް ނެޓްވޯކުން ރިޕޯޓްކޮށްފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;