ads
ޑރ. އައިމިނަތު ފަޒުނާ
އޯޓިޒަމް ދެނެގަތުމުގެ ފުރަތަމަ ދިވެހި ޑރ. ފަޒްނާ ނިޔާވެއްޖެ
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ހާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު، ޑރ. އައިމިނަތު ފަޒުނާ ނިޔާވެއްޖެއެވެ.
Advertisement

އުމުރުން 47 އަހަރުގައި ޑރ. ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ފަޒްނާ ނިޔާވީ މިއަދު މާލޭގައެވެ. ޑރ. ފަޒުނާގެ ކަށުނަމާދު އޮތީ މާލޭ އާސަހަރާ މިސްކިތުގައި، މިރޭ އިޝާ ނަމާދަށް ފަހުގައެވެ.

ކުޑަކުދިން ކިބައިގައި ހުންނަ އޯޓިޒަމް ފަދަ ބަލިތައް ދެނެގަތުމަށް ހާއްސަ ދިވެހި ފުރަތަމަ ޑޮކްޓަރު، ޑިވޮލޮޕްމަންޓަލް ޕީޑިއެޓްރީޝަން ޑރ. އައިމިނަތު ފަޒުނާ އައިޖީއެމްއެޗާއި ގުޅި ވަޑައިގެން ބަލި މީހުން ބައްލަވަން ފެއްޓެވީ 2024 ވަނަ އަހަރުގެ އޮކްޓުބަރު މަހުގެ ތެރޭގައެވެ. 

ޑރ. ފަޒުނާ ކިޔަވާ ވިދާޅުވެ ތަމްރީނު ހާސިލުކުރެއްވީ މެލޭޝިއާގެ ނެޝަނަލް ޔުނިވާސިޓީންނާއި އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިންނެވެ.

ޑރ. ފަޒުނާ ހާއްސަވަނީ ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމްއާއި އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަތުމުގެ ދާއިރާއިން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. 

އެގޮތުން ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަންނަން ހަދާ 'ބޭލޭ-4'އާއި އޭޑީއޯއެސް-2' ފަދަ އެސެސްމެންޓުތައް ހެދުމުގެ ހުނަރު ޑރ. ފަޒްނާއަށް ލިބިވަޑައިގެންފައިވާކަމަށް އައިޖީއެމްއެޗުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;