މެރިން ޕޮލިސް އިން ބުނީ ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ހިނގީ މާލެ، ޖެޓީ ނަންބަރު އެކަކާ ދިމާލު ބޭރުންނެވެ.
އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިރޭ 9:10 ހާއިރު ކަމަށާ އެ ސަރަހައްދުގައި މެރިން ޕޮލިސް އިން ހަރަކާތްތެރިވަމުންދާ ކަމަށް ވަނީ ބުނެފައެވެ.
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެ އެ މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. އެހެންނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނޭނގެއެވެ.
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ޖުމުލަ ފަސް މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެެއެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން، ކަނޑުމަތިން ދެ އުޅަނދެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ހިމެނޭ އަނެއް ކަނޑުއުޅަނދު ވަނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;