ހދ. ޖުޑީޝަލް ދާއިރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ހަ މަސް ތެރޭގައި އެ ދާއިރާގެ ކޯޓުތަކަށް 435 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެ ކޯޓުތަކުން ހަ މަސް ތެރޭގައި 451 މައްސަލަ ނިންމާފައިވާއިރު މިހާރު ހިނގަމުންދަނީ 253 މައްސަލަ އެވެ.
ހދ. ޖުޑީޝަލް ދާއިރާގައި އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ އާބާދީ ބޮޑު ކުޅުދުއްފުށީގެ ކޯޓަށެވެ. އެ ކޯޓަށް 242 މައްސަލަ ހުށަހަޅާފައިވާއިރު، 241 މައްސަލައެއް ނިންމާފައިވެ އެވެ. ކުރިން ހުށަހަޅައި ނުނިމި ހުރި މައްސަލަތަކާ އެކު މިހާރު ހިނގަމުންދާ 143 މައްސަލަ އެބަ އޮތެވެ.
އެންމެ މަދުން މައްސަލަ ހުށަހަޅާފައިވަނީ ކުރިނބި، ހިރިމަރަދޫ އަދި ނަވައިދޫ ކޯޓަށެވެ. އެއިން ކޮންމެ ކޯޓަކަށް ވެސް ހަ މަސް ތެރޭ ހުށަހަޅާފައިވަނީ ހަތަރު މައްސަލަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;