ads
ޖަޒީރާ ބޯޓް އަޑިއަށް ދަނީ
ތިނަދޫ ޖަޒީރާ ބޯޓް ކަނޑުމެދަށް އަޑިއަށް ދަނީ
ތިނަދޫ ޖަޒީރާ ބޯޓް ކަނޑުމެދަށް އަޑިއަށް ދާން ފަށައިފިއެވެ.
Advertisement

އެމްއެންޑީއެފުން ބުނީ "ޖަޒީރާ Q-10" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓެއް ވ.ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން ދިޔަވެގެން އަޑިއަށްދާކަމުގެ މައުލޫމާތު އެމް އެންޑީއެފް އަށް ވަނީ ލިބިފައިވާކަމަށެވެ. އަދި އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ޖަޒީރާ ބޯޓް އަޑިޔަށްދާތީ އެ ބޯޓުން ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ވ.ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ވީމާ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދިނުމަށާއި އަދި، މި ސަރަހައްދުން ރޭގަނޑު ދަތުރުކުރާ ނަމަ،  ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;