ads
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާއި ބެލްޖިއަމް ކުޅުނު މެޗުގެ ތެރެއިން.
ބެލްޖިއަމް ކަޓުވާލުމަށް ފަހު ސެމީގެ ދެވަނަ ޖާގަ ސްޕެއިނަށް
ފީފާ ވޯލްޑް ކަޕުގެ ކުއާޓާފައިނަލުގައި ބެލްޖިއަމް 1-2 އިން ބަލިކޮށް ސްޕެއިން ސެމީ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފި އެވެ.
Advertisement

މި މެޗުން މޮޅުވުމުން ސްޕެއިން ސެމީ ފައިނަލުގައި ވާދަ ކުރަން ޖެހޭނީ އެންމެ ފަހުގެ ރަނަރަން ފްރާންސާ އެވެ. މި މެޗު ވެގެންދާނީ މިހާތަނަށް މިފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދާ ތަފާތު ވާދަވެރި މެޗަކަށެވެ. ޗެމްޕިއަނުންގެ ކުރިމަތިލުމަކަށެވެ. ފަހު ހާފުގައި ޖެހި ލަނޑުތަކުން 2-0 އިން މޮރޮކޯ ބަލިކޮށް ފްރާންސް، ރޭ ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. 

ސްޕެއިން ކުއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމުން ވަނީ ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ބަލިކޮށް، ކޭޕް ވާޑޭއާ އެއްވަރުވެ ހަތް ޕޮއިންޓް ހޯދާފަ އެވެ. ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި (ގަދަ 32 ގައި) އޮސްޓްރިއާ އަތުން 3-0 އިން މޮޅުވިއިރު، ގަދަ 16 ގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ސްޕެއިން ކާމިޔާބުކުރީ މެޗުގެ ފަހުކޮޅު ޖެހި ލަނޑާއެކު 1-0 އިންނެވެ. 

މިރޭގެ މެޗުގައި ސްޕެއިނުން ލީޑުނެގީ 30 ވަނަ މިނިޓްގައި ރުއީޒް ޖެހި ގޯލުންނެވެ. މިއީ، އޭރިއާތެރެއިން ޑެނީ އޯލްމޯ ޖެހި ޝޮޓެއް ބެލްޖިއަަމް ކީޕަރު، ތިބައު ކޯޓުއާ އަތުގައި ޖެހިފައި، ނުކުތް ވަގުތު ރީބައުންސުން ރުއީޒް ވަނީ ގޯލަށް ވައްދާލައިފަ އެވެ. 

ބެލްޖިއަމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 41 ވަނަ މިނިޓްގައި، ޗާލްސް ޑި ކަޓަލާރޭ ޖެހި ގޯލުންނެވެ. މިއީ، ޓިމޮތީ ކަސްޓާންޏާ ނެގި ހުރަހަކުން ޑި ކަޓަލާރޭ ބޮލުން ޖެހި ގޯލެކެެވެ. 

ސްޕެއިން މޮޅުވި ލަނޑު ޖެހީ 88 ވަނަ މިނިޓްގަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޕައު ކުބާސީ ފޮނުވާލި ބާރު ހަމަލާ، ބެލްޖިއަމް ކީޕަރު ސަން ލަމެންސް މަތަކުރުމާއެކު، ލިބުނު ރީބައުންސް ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މެރީނޯ ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކުގަ އެވެ.

ސްޕެއިން އާއި ބެލްޖިއަމް މީގެ ކުރިން ވޯލްޑް ކަޕްގައި ދެ ފަހަރު ބައްދަލުކޮށްފައިވާއިރު، ކޮންމެ ޓީމެއް ވަނީ އެއް މެޗުން މޮޅުވެފަ އެވެ.

މި ދެ ޓީމު ފުރަތަމަ ބައްދަލުކުރީ 1986 ވަނަ އަހަރުގެ ކުއާޓާ ފައިނަލްގަ އެވެ. އެ މެޗު ޕެނަލްޓީ ޖަހައިގެން 5-4 އިން ކާމިޔާބުކުރީ ބެލްޖިއަމްއެވެ. އޭގެ ފަހުން 1990 ވަނަ އަހަރުގެ ގްރޫޕް ބުރުގައި ބައްދަލުކޮށް 2-1 އިން މޮޅުވީ ސްޕެއިން އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;