ads
އެޑިއުކޭޝަން މިނިސްޓަރު ޝަފީއު
ޓިއުޝަނުގައި ހޭދަކުރާ ވަގުތު އިތުރު، މި ސަގާފަތް ދޫކޮށްލަންވެއްޖެ: މިނިސްޓަރު
ރާއްޖޭގެ ކިޔަވާ ކުދިންގެ މެދުގައި އޮންނަ ޓިއުޝަން ނެގުމުގެ ސަގާފަތް ދޫކޮށްލައި، މިހާރަށް ވުރެ ބޮޑަށް ދަރިވަރުންގެ އުނގެނުމަށް ދަރިވަރުން ޒިންމާވާން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
Advertisement

ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމް 2025 ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުން, ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ރާއްޖޭގައި ދަރިވަރުންނަށް އުނގަންނައިދިނުމަށް ޓިއުޝަނަށް ބަރޯސާވުމުގެ އާދަ އަށަގަނެފައިވާކަމަށެވެ. އަދި ބައެއް ދަރިވަރުން 4-6 ގަޑިއިރު ހޭދަކުރަނީ ޓިއުޝަންކަން ވަޒީރު ފާހަގަކުރެއްވި އެވެ.

"ދަރިވަރަކު ހަ ގަޑިއިރުވަންދެން ސްކޫލުގައި ވަގުތު ހޭދަކޮށްފައި ގެއަށް މިދަނީ. ގެއަށް ގޮސް ގާތްގަޑަކަށް ހަތަރުގަޑިއިރާއި ހަ ގަޑިއިރާ ދެތެރޭ ވަގިތު ހޭދަކުރޭ ޓިއުޝަންގައި، މިއީ، ފުންކޮށް ވިސްނަންޖެހޭ ކަމެއް. ދަރިވަރުންނަށް މަދަރުސާއިން ބޭރުން ވެސް އެހީތެރިކަން ބޭނުންވާނެ. އެކަމަކު އެ އެހީތެރިކަން ދޭންވާނީ މަދަރުސާގައި އުނގެނޭ ފިލާވަޅުގައި ކުދިން ބައިވެރިވުން ނުގެއްލޭފަދަ ގޮތަކަށް. ކުދިންނަށް ވިސްނާދޭން އެބަޖެހޭ، ކުލާހުގައި، މަދަރުސާގައި ކިޔަވައިދޭ ފިލާވަޅަށް ސަމާލުކަންދޭން،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ، އެހާ ގިނަ ވަގުތުތަކެއް ގޭތެރެއިން ޓިއުޝަނަށް ނެގޭކަމަށް ވާނަމަ ދަރިވަރުންގެ ދުޅަހެޔޮކަމަށް އޭގެ އަސަރުކުރާނެ ކަމަށާއި ކުޅިވަރުގެ އިތުރުން ހިތްއުފާވާ ކަންތައްތައް ހުސްވަގުތުގެ ބޭނުންހިފައި، އަމިއްލައަށް ވަގުތު މެނޭޖްކުރުމުގެ ކަންކަންވެސް ދަރިވަރުން ކުރަންޖެހޭ ކަމަށެވެ.

އުނގެނުމުގައި އަމިއްލައަށް އިސްނަގައި ކަންކަން ހޯދައި ބަލައި ދަސްކުރާ ދަރިވަރުންންގެ ސިކުޑީގައި ހަރުލުމުގެ އިންސައްތައަކީ ގާތްގަޑަކަށް 75އިންސައްތައާ ގާތްކުރާ އަދަދެއްކަން ޝަފީއު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ އުނގެނުމަށް އަމިއްލައަށް ޒިންމާދާރުވުމަކީ ދަރިވަރުންނަށް އުނގެނުމުގެ އުކުޅުތައް ފަސޭހައިން ދަސްވުމުގެ އިތުރުން، އުނގެނުމުގައި ދަރިވަރުން ދެމިތިބުމަށް އެޅޭ ބާރެއް ކަމަށެވެ. ގްރޭޑް 1-12 ގެ ކިޔެވުމަށް މިހާރަށް ވުރެ ބޮޑަށް ދަރިވަރުން އަމިއްލަ އަށް ޒިންމާވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މަތީ އަރުތަވެރިންގެ އިނާމު 2025 ކުރިއަށް ދަނީ ދެ ދުވަހަށް ބަހާލައިގެންނެވެ. މިއަދު އިނާމްދިނުމުގެ 3 ދަންފަޅި އަދި މާދަމާ 2 ދަންފަޅިއަށް ބަހާލައިގެން އިނާމްދިނުން ކުރިއަށްގެންދަން ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;