ads
ހިމަބިހި ޖެހިފައިވާ ކުއްޖެއް
ހިމަބިހީގެ އިތުރު 17 ކޭސް ފެނިއްޖެ
ނިމުނު ހަފުތާގައި އަނެއްކާވެސް އިތުރު 17 މީހަކު މާލެ ސަރަހައްދުން ހިމަބިއްސަށް ފައްސިވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.
Advertisement

އެޗްޕީއޭއިން މިއަދު ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 17 ކޭހެއް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް އެ ބަލީގެ 243 ކޭސް ރިޕޯޓް ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިން ޖަހަމުންދާއިރު މިހާތަނަށް 16،045 މީހަކަަށް ވަނީ ވެކްސިން ދީފަ އެވެ.

އެޗްޕީއޭއިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، އަދި ފަރުވާ ހޯދަން އަންނައިރު މާސްކު އަޅަން ހަނދާންކޮށްދީފަ އެވެ.

ފާހަގަކުރެވޭ ގޮތުގައި، ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން، އާބާދީގެ ނިސްބަތުން ހިމަބިހި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި ދާދި ފަހުން ރާއްޖެ ހިމެނުނެވެ. އަދި އެ ބައްޔަށް ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު ވަނީ ދާދިފަހުން މަރުވެފަ އެވެ.

ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުމެވެ. މި ބަލި ޖެހިއްޖެނަމަ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގަ އެވެ. އެއަށްފަހު މޭމަތި، ބުރަކަށި،އަތުގައި އަދި ފައިގައި ބިހިތައް ނަގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;