ads
ދިރާގުން ބޭއްވި ޑެސްކަޕް 2026ގެ ތެރެއިން - ފޮޓޯ/ދިރާގު
ދިރާގު އަހަރީ ފުޓްސަލް މުބާރާތް 300އަށް ވުރެ ގިނަ މުވައްޒަފުންނާ އެކު ނިންމާލައިފި
ދިރާގުގެ އަހަރީ ފުޓްސަލް މުބާރާތުގެ 20 ވަނަ އެޑިޝަން، "ޑެސްކަޕް 2026" ކާމިޔާބުކަމާއެކު ނިންމައިލައިފި އެވެ.
Advertisement

ކޮންމެ އަހަރަކު ވެސް ދިރާގު މުވައްޒަފުންނަށް ހާއްސަކޮށްގެން ދިރާގު އީ-ކްލަބް (އެމްޕްލޯޔީސް ކްލަބް) އިން އިންތިޒާމްކޮށްގެން ބާއްވާ އެ މުބާރާތުގައި މި އަހަރު 300 މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ޖުމްލަ 19 ޓީމު ވާދަކުރި މުބާރާތުގެ ސީއީއޯ އެންޑް އެމްޑީސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ސީއެންއެފްސީ ޓީމުންނެވެ.

މީގެ އިތުރުން، ޕްރިމިއާ ލީގުގެ ފައިނަލްގައި ޑީއެސްއެސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ވެސް ސީއެންއެފްސީ އެވެ. ސުޕަ ލީގުގެ ފައިނަލްގައި ފިނޭންޒެސް ޓީމާ ވާދަކޮށް އީއޯސީ ޔުނައިޓެޑް ޓީމު ވަނީ ސުޕަ ލީގު ކާމިޔާބުކޮށްފަ އެވެ.

ދިރާގުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ "ވިމެންސް ފިއެސްޓާ" ގެ ފައިނަލްގައި އާރްއޯސީ ސްޓާސްއާ ވާދަކޮށް، ޗެމްޕިއަންކަން ހޯދީ ފިނޭންޒެސް އެވެ.

މި މުބާރާތަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކުރުމުގެ މަގު ފަހިކޮށްދީ، މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ދިރާގުން ދޭ ހާއްސަ އަހައްމިޔަތުކަން ހާމަވާ ހަރަކާތެކެވެ.

މިގޮތުން، ދިރާގު އީ-ކްލަބް މެދުވެރިކޮށް މަސައްކަތުގެ މާހައުލުން ބޭރުން ކުޅިވަރާއި މުނިފޫހިފިލުވުން އަދި އިޖުތިމާއީ އެކި ހަރަކާތްތައް މެދުވެރިކޮށް މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، މުވައްޒަފުންނަށް ހިތްގައިމު އަދި މަސައްކަތްކުރާ ހިތްވާ މާހައުލެއް ބިނާކޮށްދީ، އެކަން ދެމެހެއްޓުމަކީ ދިރާގުން ނުހަނު އިސްކަމެއް ދޭ ކަމެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;