މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކުރީ ކުރިކީލަ މަގުގައި ހުންނަ މއ. ބަރުރާ މާޓު ކިޔާ ފިހާރައެކެވެ.
އެ ކައުންސިލުން ސޯޝަލް މިޑިއާގައި ހިއްސާކުރި ފޮޓޮއެއްގައި، އެ ފިހާރައިގެ ބޭރުގައި ގަވާއިދާ ހިލާފަށް މުދާ ބަހައްޓައިގެން ވިޔަފާރި ކުރަމުން ގެންދާ މަންޒަރު ފެނެ އެވެ. އެގޮތުން ކެޔޮގަނޑު ގަނޑާއި، ބައެއް ކަހަލަ މޭވާ އެއްޗިސް މަގުމަތީ ބަހައްޓައިގެން ވިއްކާ މަންޒަރު ފެނެ އެވެ.
ބަރުރާ މާޓު ފިހާރަ ޖޫރިމަނާކުރި އަދަދެއް ކައުންސިލަކުން ނުބުނެ އެވެ.
މާލޭގެ މަގުތަކާއި ޕޭވްމަންޓްތަކާއި ބަނދަރުތަކާއި އާންމު ތަންތަނުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާ ކަމަކަށް ވިޔަސް އެއީ އާންމު ކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;