ސާމިހު އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހުއެވެ.
އޭނާ އެ މަގާމުން ވަކިކުރީ 18 އޭޕްރީލް 2025ގައި އުސް އިމާރާތަކުން ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށްވެސް ހުރީ ސާމިހު އެ މަގާމުން ވަކިކުރީ އެ މައްސަލާގައި ފުލުހުންގފެ މައްޗަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އަދި ޔުމްނުގެ އާއިލާއިންވެސް ސާމިހް އެ މަގާމުން ވަކިކުރަން ގޮވާލަމުން ދަނިކޮށެވެ.
ފުލުހުން ބުނީ މިދިޔަ މަހު ފުލުހުންގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން ސާމިހް ކުރިން ހުރި މަގާމަށް އަލުން އައްޔަންކޮށްފައިވާކަމަށެވެ. އެގޮތުން އޭނާ ވަނީ ހުރި ހޯމިސައިޑް އިންވެސްޓިގޭޝަން ހެޑުގެ މަގާމަށް އަލުން ދީފަކަމަށް ފުލުހުން ބުނެއެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނުގެ މައްސަލައިގައި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން އޭރު ކޮމިޝަނަރަކަށް ހުންނެވި އަލީ ޝުޖާއުވެސް ވަނީ މަގާމުން އިސްތިއުފާދީފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;