ads
ކަނޑުއޮތްގިރީގައި ހުޅުވި ކާރުހާނާގައި މުވައްޒަފުން މަސައްކަތްކުރަނީ - ފޮޓޯ: މިފްކޯ
ހިކިމަސް ކާރުހާނާއެއް ކަނޑުއޮތްގިރީގައި ހުޅުވައިފި
މިފްކޯއިން ކަނޑުއޮތްގިރީގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓާއި މަސް ކާރުހާނާ ހުޅުވައިފި އެވެ.
Advertisement

މިއަދު ހަވީރު ކަނޑުއޮތްގިރީގައި އޮތް ރަސްމިއްޔާތެއްގައި ހިކިމަސް ކާރުހާނާއާއި އައިސް ޕްލާންޓު ރަސްމީކޮށް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސްގެ އިތުރުން ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ކަނޑުއޮތްގިރީގައި މިއަދު ހުޅުވި ހިކިމަސް ކާރުހާނާގައި މިއަދުން ފެށިގެން ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް މި ކާރުހާނާގައި ތައްޔާރުކުރަން ފަށާނެކަމަށް މިފްކޯއިން ބުންޏެވެ. 

އެތަނުގައި އެ މަސައްކަތަށް ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތައް ގާއިމުކޮށްފައިވަނީ އެފަދަ ކާރުހާނާއެއްގައި ހުންނަންޖެހޭ އެންމެ މަތީ ސިއްހީ މިންގަނޑުތަކށް ފެތޭ ގޮތަށެވެ.

ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އަނަސް ވިދާޅުވީ، މިއީ މިފްކޯއިން ގައުމީ ބާޒާރަށް ހާއްސަކޮށް އުފައްދާ އުފެއްދުންތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މާލެއާ ކައިރިން މިފަދަ ހިދުމަތެއް ފެށުމުން މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އަނަސް ވިދާޅުވި އެވެ.  

"އަޅުގަނޑުމެންނަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެ ސަރަހައްދަށް ގެންނަންޖެހުމުން ދިމާވާ ލޮޖިސްޓިކް ދަތިތައް. އެ ދަތިތަކާ ގުޅިގެން އަޅުގަނޑުމެންގެ ފިހާރައިގައި ބައެއް ފަހަރު ތަކެތި ލިބެން ނެތުމަކީ ވަރަށް ގިނައިން އަންނަ ޝަކުވާއެއް. ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން، މިދެންނެވި ލޮޖިސްޓިކް ދަތިތަކަށް ހައްލު ލިބި، މާލެ ސަރަހައްދުގައި އަބަދުވެސް އަޅުގަނޑުމެންގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ." އަނަސް ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ނިންމަވާފަ އެވެ. އަދި މިހާރުވެސް އެކަމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ގެންދަވަނީ ގާއިމްކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;