ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ކުރިއަށްގެންދެވި މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، ގަތަރުގެ ކުރީގެ އަމީރު، ޝައިހު ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތައުޒިޔާ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދެ ބޭފުޅުންވަނީ، ދެ ގައުމުގެ ދެމެދުގައި އޮންނަ އުހުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އަޒުމު ދެ ގައުމުން ހިއްސާކުރާކަން ހާމަކުރައްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު ރާއްޖެއަށް ދެއްވާފައިވާ ފާހަގަކޮށްލެވޭފަދަ އެހީތެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.
ގަތަރުގެ ކުރީގެ އަމީރު، ޝައިހު ހަމަދު ބިން ހަލީފާ އާލް ސާނީ ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. މީގެ ތެރޭގައި، ގަތަރު އެއާވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ހަމަދު ބިން ހަލީފާ އަލް ސާނީ ސްކޫލު ގާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ސާނީ ބިނާކުރުން ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;