ރީޔާސީ ރޭހަށް ނުކުންނެވިކަން އެކްސްގައި އިއުލާންކުރައްވަމުން އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ނިޒާމު ފެއިލްވެފައިވާކަމަށެވެ. އެގޮތުން މިދިޔަ 20 އަކަށް އަހަރު ރާއްޖޭގެ ވެރިކަމަށް އައީ ކަރެޕްޓް ސަރުކާރުތައްކަމަށެވެ. އަދި އެ ސަރުކާރުތަކުގެ ސަބަބުން މުޅި ގައުމު ވަނީ ބޮޑު ދަރަންޏެއްގެ ތެރެއަށް ވައްޓާލާފައިކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖޭގެ ވެރިކަން މިދިޔަ 20 އަހަރު ދުވަހު އައި ސިޔާސީ ޕާޓީތަކުން ކުރަމުން އައިސްފައިވާއިރު މިހާރު އޮތް ސިޔާސީ ޕާޓީތަކުގެ ނިޒާމަކީ ހަމައެކަނި ވަކި ބަޔަކަށް މަންފާލިބޭ ނިޒާމެއްކަމަށް ސިފަކުރައްވާފައެވެ. އެގޮތުން ސީޔާސީ ޕާޓީ ނިޒާމުން ބަލަނީ ހަމައެކަނި ޕާޓީތަކުގެ ވަފާތެރިންނަށް ކަމަށާއި އާންމު ރައްޔިތުން ތިބީ މުޅިން ބާކީވެ ބިކަވެފައިކަމަށް އުމަރު ވިދާޅުވިއެވެ.
މީގެއިތުރުން މިހާތަނަށް ވެރިކަންކުރި ޕާޓީތަކުގެ ސަބަބުން މަސްތުވާތަކެތީގެ ވަބާ ފެތުރި ރާއްޖޭގެ މަގުތަކަކީ މިއަދު ރައްކާތެރި އާމާން ތަންތަން ނޫންކަމަށް އުމަރު ވިދާޅުވިއެވެ. އަދި ގައުމުގެ ޒުވާނުންނަށް އެކަށީގެންވާ ރަނގަޅު ވަޒީފާގެ ފުރުސަތުތައް ހޯދުމާއި، އަމިއްލަ ވިޔަފާރިތައް ފެށުމުގައި ބޮޑެތި ހުރަސްތަކާއި ކުރިމަތިލާން ޖެހިފައިވާކަންވެސް ވަނީ އުމަރު ފާހަގަކުރައްވާފައެވެ.
އުމަރު ވަނީ އޭނާގެ ކެމްޕެއިން ފެށިކަން އިއުލާންކުރައްވާ އެކަމުގައި ބައިވެރިވާ އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮތްކަން ހާމަކުރައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;