ads
ރާއްޖެއަށް ބޭސް އެތެރެކޮށް، ބޭހުގެ ވިޔަފާރި ކުރުމަށްޓަކައި ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު
ބޭސް ކުންފުނީގެ އަމާޒު ؛ ދަތިކަމެއް ނެތި ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުން
މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ދަތިކަމެއް ނެތި ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެ އެވެ
Advertisement

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝާހު މާހިރު ވިދާޅުވީ، އެ ކުންފުނީގެ ޒިންމާއަކީ ދިވެހިރާއްޖެއަށް ބޭނުންވާ ބޭހާއި، ސިއްހީ އާލާތްތައް ގަނޑުކޮށް ގަނެ، އެތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. 

ޑރ ޝާހު ވިދާޅުވި ގޮތުގައި، ބޭހުގެ މައްސަލައަކީ ޒަމާނުއްސުރެ ހައްލު ބޭނުންވެ، ހައްލު ނުލިބިވާ ކަމެއް ކަމަށެވެ. އަދި މިކަމަށް ވަށައި ޖެހޭ ދާއިމީ ހައްލެއް ގެނައުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ސްޓޮކް މެނޭޖްމަންޓް އަދި ސަޕްލައި ޗެއިން މެނޭޖްމަންޓް ރަނގަޅުކޮށް، ޒަމާނީ ވަސީލަތް ބޭނުން ކޮށްގެން ޑިޖިޓަލް ސިސްޓަމް ގާއިމް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބޭނުންވާ ބޭހާއި އާލާތްތައް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރެއްގެ ދަށުން މިދިޔަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުފައްދަވާފައިވާ ކުންފުންޏެކެވެ.  

ސްޓޭޓް ފާމާއިން ވަނީ ބޭސް ސިޓީ ފޮނުވަން ޕޯޓަލްއަކާއި އެކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމާއި ޝަކުވާ ހުށަހަޅަން 1505 ގެ ނަމްބަރުގައި ހޮޓްލައިނެއް ވެސް ގާއިމްކޮށްފަ އެވެ. 

އެސްޓީއޯ އިން ހިންގަމުންދިޔަ ފާމަސީތައް، އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް (ސްޓޭޓްފާމާ) ގެ ދަށަށް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި އެވެ. 

ސްޓޭޓް ފާމާއިން ބުނި ގޮތުގައި ބޭސް ނުލިބިގެން އުޅެން ޖެހުމުގެ ކަންބޮޑުވުމަށް އެ ކުންފުނިން ހައްލު ހޯދައިދޭނެ އެވެ. އެކަމަށް ކުންފުނި ތައްޔާރަށް އޮތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސްޓޭޓް ފާމާއިން މިހާރު އަންނަނީ މުޅި ރާއްޖޭގެ ބޭސް ސްޓޮކް ވަގުތުން ވަގުތަށް ބަލައިލެވޭނެ އެންޓަޕްރައިޒް ރިސޯސް ޕްލޭނިން (އީއާރްޕީ) ސިސްޓަމެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

މި ސިސްޓަމްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާމަސީތަކުގައި ބޭސް ހުރި މިންވަރު ވަގުތުން ދެނެގަނެވި، ބޭސް ހުސްވުމުގެ ކުރިން އޯޑަރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. މީގެ އިތުރުން، ބާކޯޑް ޓެކްނޮލޮޖީއާއި ކޯލްޑް ޗެއިން މޮނިޓަރިން ފަދަ ވަސީލަތްތައް މެދުވެރިކޮށް ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ވަނީ ރާވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;