ads
ހުޅުމާލެ ކަންނެލި ފެކްޓަރީ އަޅަން ބަޔަކާ ހަވާލުކޮށްފި
ހުޅުމާލޭގައި ގާއިމުކުރަން މި ސަރުކާރުން ވައުދުވި 100 މެޓްރިކް ޓަނުގެ ކަންނެލިމަސް ފެކްޓްރީ އަޅަން ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
Advertisement

ޝިޔާމް މިހެން ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރާ ކަންނެލި ފެކްޓްރީ އެޅޭނީ ކޮން ދުވަހަކުންތޯ ކެންދޫ ދާއިރާގެ މެންމަބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

ޝިޔާމު ވިދާޅުވީ ފެކްޓަރީ ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިންމާނެ އެވެ. ހުޅުމާލޭގައި ހަދަން ނިންމާފައި ވަނީ 100 މެޓްރިކް ޓަނުގެ ފެކްޓަރީއެކެވެ.

"ހުޅުމާލޭގައި ކަންނެލިމަސް ބަންދުކުރާނެ ފެކްޓްރީއެއް ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެން މިވަނީ ބަޔަކާ މިދިޔަ ހަފްތާގައި ހަވާލުކޮށްފަ. އަޅުގަނޑުމެން މި ބަލަނީ ފެކްޓްރީގެ، ކަންނެލި މަސްވެރިންނަށް ހައްލުހޯދައިދިނުމަށްޓަކައި ގާއިމުކުރެވޭ ފެކްޓްރީގެ އެބައި ކުރިޔަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް." މަސައްކަތް ހަވާލުކުރި ކުންފުނީގެ ނަން ނުގެނެސް ޝިޔާމް ވިދާޅުވި އެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އެހީ ދަށުން ގާއިމުކުރާ ފެކްޓަރީ އެޅުމަށް ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ދީފަ އެވެ.

ޝިޔާމް ވިދާޅުވީ ކަންނެލި މަސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާނީ އެ ފެކްޓަރީ މެދުވެރިކޮށް ކަމަށެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;