މަޖިލީހުން އަމީޒާއަށް ރުހުން ދޭން ނިންމީ ރައީސުލްޖުމްހޫރިއްޔާ، ޓެކްސް ކޮމިޝަނަރަކު އައްޔަން ކުރުމަށް ހުށަހެޅުއްވި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓަކުންނެވެ.
މަޖިލީހުގެ ތަޅުމުގައި ދެ ބޭފުޅުންގެ ނަންފުޅަށް ވަކިވަކިން ވޯޓަށް އެހުމުން އަމީޒާއަށް ރުހުން ލިބިވަޑައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ފުރިހަމަ ތާއީދާއެކުގަ އެވެ.
މި މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެގޮތުން އެމަނިކުފާނު ހުށަހެޅުއްވީ ހއ. ތަކަންދޫ، ސާދާގެ މުހައްމަދު ހަލީމް އަބްދުﷲ އާއި ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާގެ ނަންފުޅެވެ.
އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ މިހާތަނަށް ހުންނެވީވެސް މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ އެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ހަސަން ޒަރީރު އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;