ads
ފަނޑިޔާރު އަލީ ރަޝީދު ހުސެއިން
އަންނަ މަހުން ފެށިގެން އަލީ ރަޝީދު ރިޓަޔާކޮށްދޭން ޖޭއެސްސީން ނިންމައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމާ އެއްގޮތަށް، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ ރިޓަޔާކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
Advertisement

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާވުމަށް އެދިވަޑައިގެން ފޮނުއްވި ސިޓީއާ ގުޅިގެން ފަނޑިޔާރުންގެ ގާނޫނާއި ރިޓަޔަމަންޓް ގަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އޭނާ އެދިވަޑައިގެންނެވި ގޮތަށް ރިޓަޔާކޮށްދޭން ނިންމީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރުމަށްޓަކައި ގާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ކުރިއަށްދާ ކަމަށްވެސް ޖޭއެސްސީއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ފަނޑިޔާރުކަމުން ރިޓަޔާވެވަޑައިގަންނަވާ ވަކި ސަބަބެއް އެނގިފައެއް ނުވެއެވެ.

ފަނޑިޔާރު އަލީ ރަޝީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، ސިވިލް ކޯޓުގެ އިސް ގާޒީކަމުގެ އިތުރުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުއްﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީވެސް އޭނާއެވެ.

ސުޕްރީމް ކޯޓުގައި ޚިދުމަތް ކުރައްވަމުން ދިޔަ ދުވަސްވަރު އަލީ ރަޝީދާ ގުޅޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅުނު ނަމަވެސް، އެއިން އެއްވެސް މައްސަލައެއް ސާބިތުވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް