ރައްޔިތުންގެ މަޖިލީހުން މެމްބަރުން ކަނޑައަޅާ އެ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލީ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުޝަތު އިސްތިއުފާ ދެއްވުމުންނެވެ.
އެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިގްރާރު އަދި ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަނަވަރުގެ އިތުރުން ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހަޅަން ޖެހެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުން، މެންބަރުކަމުގެ މަގާމުގައި ދެމިތިބޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އުފެއްދި ކޮމިޝަނުގެ މެމްބަރުކަމުގެ ޝަރުތަކީ އުމުރުން 30 އަހަރުވެފައިވުމާއި ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކަށްވުމެވެ.
ޝަރުތުތަކުގެ ތެރޭގައި، މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވުމާއި އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކަށް ނުވުމުގެ އިތުރުން ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ނުވުން ވެސް ހިމެނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ފަދަ ޝަރުތުތައް ހިމެނެއެވެ.
މަގާމުގެ އިތުރު ޝަރުތު: