ads
ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ހިއްކާފައިވާ ސަރަހައްދުގެ އޭރިއަލް ފޮޓޯ—
ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އޮންލައިންކޮށް ލިޔުން ދޫކުރަން ފަށައިފި
ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ހިދުމަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހައުސިން މިނިސްޓްރީން ހަމަޖައްސަވައިފި އެވެ.
Advertisement

މިނިސްޓްރީން މިއަދު ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ހިދުމަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުސަތު މިހާރު ލިބޭނެ ކަމަށެވެ.  

މީގެ ކުރިން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރަނީ ގުޅިފަޅަށް ގޮސްގެންނެވެ. އެ ވުޒާރާއިން ވިދާޅުވީ، މިހާރު އެ ސަރަހައްދަށް ނުގޮސް، ޕޯޓަލް މެދުވެރިކޮށް މި ލިޔުން ހޯދޭނެ ކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެފަރާތެއްގެ ގޯތި އޮތް ސަރަހައްދާއި، ގޯތީގެ މިހާރުގެ ހާލަތު ބަލައިލުމުގެ ފުރުސަތު އޮންނާނެ ކަމަަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ލިޔުން ޑައުންލޯޑު ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ މީހުންނަށް އެކަނި ކަމަށެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭ ނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރި ކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށް ވެސް ބުންޏެެވެ.  

ޕޯޓަލް އިން ގޯތީގެ ލިޔުން ހޯދުމަށް އަމަލުކުރަންވީ ގޮތް:

  • ހިޔާވަހި ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ލޮގިން ކުރުން
  • ޕޯޓަލްގެ މައި މެނޫ ނުވަތަ މަތީގައިވާ މެނޫއިން "ގޯތި ހަވާލުކުރުން" މިބަޔަށް ޒިޔާރަތްކުރުން
  • ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ އެފަރާތަކަށް ލިބިފައިވާ ގޯތީގެ ތަފްސީލް ފެންނަން ހުންނާނެ. އަދި "ގޯތި ހަވާލުކުރިކަމުގެ ލިޔުން" މިބައިން ޑައުންލޯޑް ކުރެވޭނެ
  • ގޯތި ހަވާލުކުރިކަމުގެ ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެލުމަށް ކިއުއާރް ކޯޑަކާއި ލިންކެއް ހިމަނާފައިވާނެ. މިކޯޑް ސްކޭން ކުރުމުން ނުވަތަ ލިންކަށް ފިތާލުމުން ގޯތި އޮތްތަން މެޕުން ފެންނާނެ

ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;