ads
ތައިލެންޑް އެއާޕޯޓް
ދިވެހިންނަށް ތައިލެންޑުގައި ވިސާއާ ނުލާ ތިބެވޭ މުއްދަތު 30 ދުވަހަށް އިތުރުކުރަނީ
ފަތުރުވެރިންނަށް ވިސާއާ ނުލައި ތައިލެންޑަށް އެތެރެވެވޭ މުއްދަތު ދެބައިކުޅަ އެއްބަޔަށް ކުރުކުރުމަށާއި، ގިނަ ގައުމުތަކަކަށް ދީފައިވާ ލުއިތައް އުވާލުމަށް އެ ގައުމުގެ ކެބިނެޓުން ނިންމި ނަމަވެސް، ދިވެހިރާއްޖެ ހިމެނޭ ގޮތަށް ބައެއް ގައުމުތަކަށް ވިސާގެ އާ ލުއިތަކެއް ދީފަ އެވެ.
Advertisement

މީގެ ދެ މަސް ކުރިން ތައިލޭންޑުން ވަނީ ދިވެހީންނަށް ވިސާއާ ނުލައި އެ ގައުމުގައި ތިބެވޭނީ ގިނަ ވެގެން 15 ދުވަހަށް ކަމަށް ނިންމައިފަ އެވެ. ނަމަވެސް އެ އުސޫލަށް މި ވަނީ ލުއި ދީފަ އެވެ.

ތައިލެންޑު ކެބިނެޓުން އިއްޔެ ނިންމީ 93 ގައުމުގެ ފަތުރުވެރިންނަށް ވިސާއާ ނުލާ ތިބެވޭ ގޮތަށް ދޭ 60 ދުވަހުގެ މުއްދަތު އުވާލުމަށެވެ. ވިސާއާ ނުލައި 60 ދުވަހަށް ތިބެވޭ މުއްދަތު އުވައިލި ނަމަވެސް، ކެބިނެޓުން ނިންމީ 59 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި ތިބެން 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

ވިސާގެ އުސޫލުތަކަށް ގެނައި މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ، ތައިލެންޑުގެ ރޯޔަލް ގެޒެޓުގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. ނަމަވެސް، މި އާ ގަވާއިދުތަކަށް އަމަލުކުރަން ފެށުމުގެ ކުރިން ތައިލެންޑަށް އެތެރެވެފައިވާ ބިދޭސީންނަށް، އެ މީހުންނަށް ފުރަތަމަ ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވަންދެން އެ ގައުމުގައި ތިބެވޭނެ އެވެ.

ތައިލޭންޑަކީ މިހާރު ވަރަށް އާންމުކޮށް ދިވެހިން ދަތުރުކުރާ ގައުމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;