ads
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން
މާލެ ސިޓީ ކައުންސިލުން ހުޅުމާލެގައި މަގު ފާރަވެރިން ބައިތިއްބަނީ
މާލެއާއި ވިލިމާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި ވެސް ކޮމިއުނިޓީ އެންގޭޖްމަންޓް ސާވިސް ނުވަތަ މަގު ފާރަވެރިން މަގުތައް ބަލަހައްޓަން ނެރެން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
Advertisement

އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ ހުޅުމާލޭގައި، މާލެ އަދި ވިލިމާލެއެކޭ އެއްގޮތަށް، މަގު ފާރަވެރިން މެދުވެރިކޮށް ރަށުތެރެ ބެލެހެއްޓުމުގެ ޒިންމާ ކައުންސިލުން ނަގައި، އެ ހިދުމަތް ވީހާވެސް އަވަހަށް ހުޅުމާލޭގައި ފެށުމަށް ކައުންސިލަށް ހުށައެޅީ 

ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބުއެވެ. 

ގާލިބު ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ހަލުވި މިނެއްގައި އާބާދީ އިތުރުވަމުންދާ ތަނެއް ކަމަށެވެ. އެގޮތުން   މުނިސިޕަލް ހިދުމަތްތައް ލިބުމުގައި ރައްޔިތުންނަށް އިންތިހާއަށް ދަތި އުނދަގޫ ކަންތައްތައް ހުރުމާއެކު އެ ހިދުމަތް ރަނގަޅަށް ނުލިބޭތީ ރައްޔިތުންނަށް ދިމާވާ މި ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަކީ ކައުންސިލުން ކުރަންޖެހޭނެކަމެއްކަމަށް ގާލިބު ވިދާޅުވިއެވެ. 

ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ ގާލިބުގެ ހުށައެޅުން ފާސްކޮށް މަގު ފާރަވެރިންގެ މަސައްކަތް ހުޅުމާލޭގައި ފެށުމަށް ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;