ads
ރަށްރަށަށް އެމްބިއުލާންސް ހަވާލުކުރުމުގެ ތެރެއިން
17 ރަށަކަށް އެމްބިއުލާންސް ދީފި، އަގު 36.2 މިލިއަން ރުފިޔާ
އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށްް އެމްބިއުލާންސް ދިނުމަށް ގެނައި ފަހު ބެޗްގެ އެމްބިއުލާންސްތައް 17 ރަށަަކާއި ހަވާލުކޮށްފިއެވެ.
Advertisement

ހެލެތް މިނިސްޓްރީން ބުނީ މިއީ އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދާ އެމްބިއުލާންސް ތަކެއްކަމަށެވެ. އެގޮތުން މީ 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ޑިސެމްބަރ 2025 ގައި ހަވާލުކުރެވުނު މަޝްރޫއުގެ ދަށުން ގެނައި އެމްބިއުލާންސްތަކެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި 31 އެމްބިއުލާންސް ހޯދުމަށް ޖުމްލަ 36.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ހެލުތު މިނިސްޓްރީން ބުނެއެވެ. 

މި މަޝްރޫއުގެ ދަށުން އިއްޔެ ވަނީ 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފައެވެ. އެ މި އެމްބިއުލާންސްތަކަކީ މި މަޝްރޫޢުގެ ދަށުން ގެނެވޭ ފަހު ބެޗްކަމަށްވެސް ހެލުތު މިނިސްޓްްރީން ބުނެއެވެ. މި މަޝްރޫއުގެ ފުރަތަމަ ބެޗްގެ 14 އެމްބިއުލާންސްތައް 09 މާރިޗް 2026ގައި ވާނީ އަތޮޅުތެރޭގެ ރަށްތަކާ ހަވާލުކުރެވިފައިކަށް މިނިސްޓްރީން ބުނެއެވެ. 

އިއްޔެ ހަވާލުކުރެވޭ 17 އެމްބިއުލާންސް އާއެކު، މި ސަރުކާރުން މިހާތަނަށް 87 އައު އެމްބިއުލާންސް ގެނެސް އެމްބިއުލޭޓްރީ ހިދުމަތްދިނުމަށް ފޯރުކޮށްދެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. 

ފަހު ބެޗްގެ 17 އެމްބިއުލަންސް ހަވާލުކުރެވުނު ރަށްތައް:

  • ށ.ކޮމަންޑޫ
  • ށ.ފޮއްދޫ
  • ނ.ހެނބަދޫ
  • ބ.ދަރަވަންދޫ
  • ބ.ފުޅަދޫ
  • ބ.ދޮންފަނު
  • ޅ.އޮޅުވެލިފުށި
  • ވ.ފުލިދޫ
  • ވ.ކެޔޮދޫ
  • މ.ވޭވަށު
  • އއ.ބޮޑުފޮޅަދޫ
  • އއ.ހިމަންދޫ
  • އދ.ކުނބުރުދޫ
  • އދ.ދަނގެތި
  • ލ.ފޮނަދޫ
  • ގއ.ކޮނޑޭ
  • ގދ.ވާދޫ

މިއަހަރުގެ ތެރޭގައި ގްރޭޓާ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ހިދުމަތްވެސް ފެށިގެންދާނެކަމަށް ހެލެތު މިނިސްޓްރީން ބުނެއެވެ. އަދި އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑިފައިވާ އިތުރު 4 ރަށަކަށް ބޭނުންވާ އެމްބިއުލާންސްވެސް މިއަހަރުގެ ތެރޭގައި ގެނެވި، ރަށްތަކާ ހަވާލުކުރެވިގެންދާނެކަމަށްވެސް ހެލެތު މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;