ads
ވިކްރަމަރަތެނޭ
ލަންކާގެ ފުލުހުންގެ ކުރީގެ ވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ
ލަންކާގެ ފުލުހުންގެ ކުރީގެ ވެރިޔާ، އިންސްޕެކްޓާ ޖެނެރަލް ވިކްރަމަރަތެނޭ އޭނާގެ ގޭގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
Advertisement

ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ތަލަހޭނާގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި އެވެ.

ލަންކާގެ ފުލުހުންނާއި ހަވާލާދީ ލިބެމުންދާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ އަމިއްލަޔަށް ގަޔަށް ބަޑިޖަހައިގެން ނެވެ. އަދި ބަޑި ޖަހަފައިވަނީ އޭނާގެ އަމިއްލަ ފިސްތޯލު ބޭނުން ކޮށްގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި މަރުގެ ތަހުގީގު ކުރިޔަށްދާ ވަރަކަށް އިތުރު މައުލޫމާތު އާންމުންނާ ހިއްސާ ކުރަމުން ގެންދާނެ ކަމާށް ލަންކާގެ ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ.

ލަންކާ ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މަލަބޭ ޕޮލިސް ސްޓޭޝަނުގެ އިތުރުން ވެސްޓަން ޕްރޮވިންސް ސައުތު ޑިވިޝަން ކްރިމިނަލް ބްރާންޗުން ދަނީ މި މައްސަލަ ގުޅިގެން ތަހުގީގު ކުރަމުންނެވެ. 

މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްޓަކައި ގުޅުންހުރި ފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މެޖިސްޓްރޭޓް އިންކުއަރީއެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;