ގިނަ ބައެއްގެ ޝައުގުވެރިކަން އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ މެންދަމު 12:00 ގައި އާޖެންޓީނާ އާއި ސްޕެއިން ވާދަކުރަން ހަމަޖެހިފައިވާއިރު ދިވެހި ފުލުހުން އާންމު އިލްތިމާސްއެއް ދެންމެ ވަނީ ނެރެފަ އެވެ.
ފުލުހުންގެ އިލުތިމާސްގައި ބުނެފައިވަނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭ ކަމަށެވެ.
ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ވެސް ގަދަވެފައިވާއިރު، މާލެ ސަރަހައްދުގެ ބައެއް އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ގިނަ އަދަދެއްގެ މީހުން މެޗުތައް ބަލަ އެވެ. އާންމު ގޮތެއްގައި ދަންވަރު އޮންނަ މެޗުތައް ބެލުމަށް ފަހު ބައެއް މީހުން އުފާ ފާޅުކުރުމުގެ ގޮތުން އެއްވެ، މަގުމައްޗަށް ވެސް ނުކުމެ އުޅެ އެވެ.
ރާއްޖެއަކީ ފުޓްބޯޅައިގެ ފޯރިގަދަ ގައުމެއް ކަމަށްވާއިރު، މި ގައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވެސް އެ ފޯރީގައި ބައިވެރި ވެއެވެ. ހާއްސަކޮށް، އާޖެންޓީނާއަށް އޮންނަ ތާއީދު ބޮޑުކަން ފާހަގަކުރެ ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;