އެފް.ޕީ.އޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ 236 މައްސަލައެއް އެ އޮތޯރިޓީއަށް ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރޭގައި އެފްޕީއޭ އަށް ސީދާ ހުށަހެޅުނު މައްސަލަތަކާއި އެހެނިހެން މުއައްސަސާތަކުން ރިފާ ކުރި މައްސަލަތައް ހިމެނޭއިރު، ޖުމްލަ ރިފަރަލްތަކުގެ އަދަދު އުޅެނީ 258 ގައެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެ ބާވަތުގެ ޖުމްލަ 17 މައްސަލައެއް ހުށަހެޅިއިރު، އޭގެތޭގައި 11 ފިރިހެން ކުދިންނާއި ހަ އަންހެން ކުދިން ހިމެނެ އެވެ. މީގެ އިތުރުން އިހުމާލުވުމުގެ 14 މައްސަލައަކާއި، ގެވެށި އަނިޔާ ފެނުމުގެ އަށް މައްސަލައެއްގެ އިތުރުން ނަފްސާނީ އަނިޔާގެ ފަސް މައްސަލައެއް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.
ކުޑަކުދިންނަށް ބުލީކުރުމާ ގުޅޭ ނުވަ މައްސަލައެއް ފާހަގަކުރެވިފައިވާއިރު، މީގެ ތެރޭގައި ސައިބަ ބުލީކުރުމުގެ މައްސަލައެއް ވެސް ހިމެނެ އެވެ. އަދި ބްލެކްމެއިލް ކުރުމުގެ ތިން މައްސަލައަކާއި، ސައިބަ ގްރޫމިންގްގެ ދެ މައްސަލައެއްގެ އިތުރުން، ކުޑަކުދިން ބޭނުންކޮށްގެން އޮރިޔާން ކާޑު އުފެއްދުމުގެ މައްސަލައަކާއި ކުޑަކުދިން ޓްރެފިކް ކުރުމުގެ މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ގެވެށި އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުމެވެ. މީގެ އިތުރުން ބިރުދެއްކުމާއި ޖިސްމާނީ އަނިޔާ ދިނުން ހިމެނޭ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެ އެވެ.
ގެވެށި އަނިޔާއާ ގުޅިގެން ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. ގެވެށި އަނިޔާއަށް މީހުން ހޭލުންތެރިކުރުމަށް ތަފާތު އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;