ދިއްލީގައި މުޒާހަރާކުރާ މައިދާން ކަމަށްވާ "ޖަންތަރު މަންތަރު" އަށް މިއަދު ވެސް ހާހުން މީހުން ޖަމާވެ ފުރިފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ މުޅި ތައުލީމީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ގޮވާލައިފަ އެވެ. އަދި ސީޖޭޕީން ވަނީ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވަންދެން ނުވަތަ ވަކިކުރަންދެން މުޒާހަރާތައް ކުރިއަށްގެންދާނެ ކަމަށް ބުނެފަ އެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އެ މީހުން ތިބީ ބިރުން ފަސްޖެހޭ ގޮތަކަށް ނޫން ކަމަށެވެ.
މެއި މަހު ކުއްލި ގޮތަކަށް އުފެދި އަދި ފަހުން ސޯޝަލް މީޑިއާގައި މިލިއަނުން ފޮލޯވަރުން ހޯދާފައިވާ ސީޖޭޕީ - "ކުރަފި ޕާޓީ" އަކީ، 2024 ވަނަ އަހަރު ހިންދޫ ވަތަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ފަހުން އޭނާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ކޮންފްލިކްޓް މޮނިޓަރިންގ ރިސާޗް ގްރޫޕް (އޭސީއެލްއީޑީ) ގެ ސީނިއާ އެނަލިސްޓް ޕާލް ޕާންޑްޔާ ފާހަގަކުރި ގޮތުގައި، ސުލްހަވެރި މުޒާހަރާވެރިންނާ ދެކޮޅަށް އަޅާ ކޮންމެ ހަރުކަށި ފިޔަވަޅަކުން ޒުވާނުންގެ ރުޅިވެރިކަން އިތުރުވުން ނޫން ކަމެއް ނުވާނެ އެވެ.
އަދި ވަޒީފާގެ ދަތިކަމާއި އިމްތިހާނުތައް ލީކުވުން ފަދަ މައްސަލަތަކާ ގުޅިގެން ޒުވާނުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަކީ ކުރިއަށް އޮތް ތަނުގައި ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
އިންޑިއާގެ މައި އިދިކޮޅު ލީޑަރު މިއަދު މުޒާހަރާއަށް ނުކުމެ ވަޑައިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްތިއުފާއަށް ގޮވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ. -
ހޯމަ ދުވަހު، މުޒާހަރާގެ ބައިވެރިން، ގާނޫނުހަދާ މަޖިލީހާ ދިމާއަށް ދާން ފެށުމުން އެކަން ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަގޭސް ޖަހައި، މުގުރުން ހަމަލާދީފަ އެވެ. މިއީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ދިއްލީގައި ހިންގި އެންމެ ބޮޑު އެއް މަގުމަތީ މުޒާހަރާއެވެ.
މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ކުރިމަތިލުންތަކުގައި މަދުވެގެން 178 މީހުންނަށް އަނިޔާވި ކަމަށް ދިއްލީ ފުލުހުން ބުނެ އެވެ.
އިންޑިއާގެ ވެރި ރަށުގެ މެދުތެރެއަށް ހޯމަ ދުވަހު އެތައް ހާސް ބަޔަކު އެއްވެ ސީޖޭޕީ އޮންލައިން މޫވްމަންޓު - "ކުރަފި ޕާޓީ"ގެ ބާރު ވަނީ ދައްކާލައިފަ އެވެ. ޒުވާނުން ހިންގާ މި ހަރަކާތުގައި ދަނީ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށާއި އިމްތިހާނުތައް ބޭއްވުމުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ގޮވާލަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;