ads
ވެރިކަންކުރާ ޕީއެންސީން ކާމިލް ދީީ ސްކޫލްގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން
ގެއްލުމުގެ ބަދަލު ދޭން އެއްބަސްވުމުން ޕީއެންސީއަށް ފިޔަވަޅެއް ނާޅާނެ: އީސީ
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިހާބުގައި ކާމިލު ދީދީ ސްކޫލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އެ ސްކޫލްގެ މުދަލަށް ލިބުނު ގެއްލުމަށް ބަދަލުދޭން އެއްބަސްވެފައިވާތީ އެޕާޓީއަށް އިތުރު އެއްވެސް ފިޔަވަޅެއް އަޅަން ނުވިސްނާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

މި މަހުގެ 11 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލުގައި ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވެ، ބޮޑު ހަމަނުޖެހުންތަކެއް ހިނގާ މާރާމާރީ ވަނީ ހިންގާފައެވެ. ސޯޝަލް މީޑިއާގައި ވެސް އާއްމުވި ވީޑިއޯ އިން އެކަކު އަނެކަކާ ދިމާއަށް، އެ ތަނުގައި ހުރި ގޮނޑިތައް އުކާ މަންޒަރާއި، އިންޒާރުދޭ އަޑު އިވިފައިވެއެވެ. 

މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ ކާމިލު ދީދީ ސްކޫލަށް ލިބުނު ގެއްލުމަށް ޕީއެންސީން ޒިންމާ ނަގާ ގެއްލުމުގެ ބަދަލު ދޭން އެއްބަސްވުމުން އެ ޕާޓީއަށް އެކަމާ ގުޅިގެން މިވަގުތު ފިޔަވަޅެއް އަޅަން ވިސްނާފައި ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި އެކަހަލަ ކަންކަން ރޥަ ހިންގާއިރު ރައްކާތެރިކަން އިސްކޮށްގެން، އެކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް، ދައުލަތުގެ މުދަލަށް ގެއްލުން ނުވާ ގޮތަށް ކަންކަން އިންތިޒާމުކުރަން ވެރިކަން ކުރާ ޕީއެންސީއަށް އަންގަން ނިންމާފައިވާކަމަށް އީސީން ބުނެއެވެ. 

ކާމިލު ދީދީ ސްކޫލަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ޕީއެންސީ އެއްބަސްވެފައިވާކަމަށް  އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފައެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;