މި ފިލްމަކީ މަގުބޫލު ސުޕަހީރޯ ފިލްމު ސީރީޒް "އެވެންޖާސް" ގެ 5 ވަނަ ބައެވެ. "އެވެންޖާސް" ގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ 2019 ގެ "އެވެންޖާސް: އެންޑްގޭމް" ވެސް ޑައިރެކްޓްކުރި އެންތަނީ އާއި ޖޯ ރުސޯ ގެނެސްދޭ "އެވެންޖާސް: ޑޫމްސްޑޭ" ސިނަމާތަކަށް ދޫކޮށްލަން ތާވަލުކޮށްފައި އޮތީ ޑިސެމްބަރު 18 ގަ އެވެ.
މި ފިލްމުގައި މާވެލްގެ ހަތަރު ވަކި ދުނިޔެއެއްގެ ކެރެކްޓަރުން އެކުގައި ފެންނާނެ އެވެ. އެއީ ޕްރޮފެސާ އެކްސް (ޕެޓްރިކް ސްޓެވާޓް)، މެގްނީޓޯ (އިއަން މެކެލެން)، ސައިކްލޯޕްސް އަދި ގޭމްބިޓް އެވެ.
މި ޓްރެއިލާ އިން ސްޕައިޑަމޭން (ޓޮމް ހޮލަންޑް) އަދި ވުލްވަރީން (ހިއު ޖެކްމަން) ނުފެނުނު ކަމުގައި ވިޔަސް، ފިލްމުގެ މައިގަނޑު ވާހަކައިގެ ތެރޭގައި އެމީހުން ހިމެނޭނެ ކަމަށް ބެލެވެ އެވެ. މާވެލްގެ ސްޕައިޑަމޭންގެ އާ ފިލްމު މި މަހު 31 ގައި ރިލީޒްކުރާނެ އެވެ.
"އެވެންޖާސް: ޑޫމްސްޑޭ"އަށް ފަހުގައި ދެން ގެނެސްދޭ މީގެ ދެވަނަ ފިލްމު ""އެވެންޖާސް: ސީކްރެޓް ވޯސް" ރިލީޒްކުރަނީ އަންނަ އަހަރު ޑިސެމްބަރު 17 ގަ އެވެ.
އެންމެ ފަހުން ގެނެސްދިން "އެވެންޖާސް: އެންޑްގޭމް" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވުޑްގެ ރެކޯޑް އޮތް ފިލްމެވެ.
ޖުމްލަ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން އެ ފިލްމުގެ އާމްދަނީ އަކީ 2799 ބިލިއަން ޑޮލަރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;