ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި އެސްޑީއެފަށް ޖަމާކުރުމަށް ކަނޑައަޅާފައި އޮތީ 2.4 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިހާރު ޖަމާކުރެވިފައިވާ 1.2 ބިލިއަން ރުފިޔާއާއި އެކު އަމާޒުކުރި އަދަދުގެ އަދަދުގެ 51 އިންސައްތަ މިވަނީ ޖަމާކުރެވިފައެވެ.
މިއަހަރުގެ މިހާތަނަށް ޖަމާކުރި އަދަދަށް ބަލާއިރު މީ މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު 8.4 އިންސައްތަ އިތުރު އަދަދެކެވެ.
އެސްޑީއެފަށް ޖަމާކުރަމުން އަންނަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އިން ލިބޭ އާމްދަނީއެވެ. އެ ފަންޑު ބޭނުންކޮށްގެން ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް މި އަހަރު ދައްކާފައިވެ އެވެ. ސުކޫކު ދެއްކުމަށް ވެސް އެ ފަންޑު ބޭނުންކުރިއެވެ. ބަޖެޓުގައިވާ ގޮތުން މި އަހަރުގެ ދަރަނި އަދާކުރުމަށް 4.1 ބިލިއަން ރުފިޔާ އެ ފަންޑުން ބޭނުން ކުރާނެ އެވެ.
މިއަހަރު ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާއިރު، އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ބަޖެޓްގައިވަނީ ހިމަނާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;