ads
ލަންކާ
ޑްރަގާ އެކު ލަންކާ އިން ދިވެހިންތަކެއް ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީ ލަންކާ އިން ދެ ދިވެހިން އިއްޔެ ހައްޔަރުކޮށްފި އެވެ.
Advertisement

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 10 މިލިއަން ރުޕީސްގެ އައިސް (ކްރިސްޓަލް މެތެމްފެޓަމީން) ލަންކާ އަށް އެތެރެކޮށް ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 40 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. އެ ދެ މީހުންނަކީ ވެސް ފިރިހެނުންނެވެ.

މީޑިއާތަކުން ބުނީ ދެ މީހުންގެ ތެރެއިން 40 އަހަރުގެ މީހާ ހައްޔަރުކުރީ ލަންކާ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ (ޕީއެންބީ) ގެ ހާއްސަ އޮޕަރޭޝަނެއްގައި ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނަގެ އަތުން 602 ގްރާމް ކްރިސްޓަލް މެތު ފެނިފައިވެ އެވެ

މަސްތުވާ ތަކެތީގެ މައްސަލާގައި ދެވަނަ މީހާ ހައްޔަރުކުރީ އިއްޔެ ރޭ ކޮލޮމްބޯގެ ހޮޓަލެއްގެ ތެރެއިންނެވެ. އޭނަގެ އަތުން 680 މިލީގްރާމުގެ އައިސް ފެނިފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ވެސް  14 ދުވަހު ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް ނިގޮމްބޯ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;