ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޕެންޝަން ފައިސާ ނެގޭ ބިލު މިއަދުވެސް ބަލައި ނުގަތް
މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބަލައި ގަނެވެން ނެތް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެ އެވެ.

ސައީދު މަޖިލީހަށް "ކޮވިޑް 19 ގެ އެހީތެރިކަމުގެ ބިލް"ގެ ނަމުގައި ބިލެއް ހުށަހަޅާފައިވާއިރު އެ ބިލުގައި ވަނީ ރިސޯޓްތަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ދައުލަތުން ކުއްޔަށް ދީފައިވާ ބިން ބިމާއި ފްލެޓް ފަދަ ތަންތަނުގެ ކުލި ދެއްކުން ލަަސްކުރުމަށެވެ. 

އަދި އެ ބިލުގައި ވަނީ ޕެންޝަން ފަނޑުގައި ހުރި ފައިސާ ދޫކުރުމަށް ހުށަހަޅާފައެވެ. އެގޮތުން ޕެންޝަން ފަންޑުގައިވާ ފައިސާގެ ތިން ބައިކުޅަ އެއްބައި ތިން ފަހަރެއްގެ މަތިން ދޫކުރުމަށް ހުށަހަޅާފައިވެއެވެ. 

އެބިލާއި ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މެމްބަރު ސައީދުގެ ސިޓީއެއް ލިިބިފައިވާކަމަށެވެ. އެހެން ނަމަވެސް އެ ބިލަކީ މަޖިލީހުގެ ގަވައިދުގާ ބުނާ ފަދަ ފައިސާ އާއި ގުޅޭ ބިލެއްކަމަށެވެ. އަދި އެފަދަ ބިލްތަކަކީ ސަރުކާރުގެ ފަރާތުން ހުށަހެޅޭ ބިލްތައް ކަމަށާއި،  އެހެން ކަމުން އެ ބިލު ބަލައިގަނެވެން ނެތް ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިންވެސް ސައީދު ވަނި މި ބިލު މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެފަހަރުވެސް ބިލު ބަލައިގަނެފައި ނުވަނީ ދައުލަތުެގ ބަޖެޓާއި ގުޅޭ ކަންކަން ބިލުގައި ހިމަނާފައި ވުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް