ފުލުހުން ބުނީ ބަންޑުން ޖަހާލާފައިވަނީ ތިލަފުށިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޭންޑިން ކްރާފްޓެއްކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 08:48 އެހައިކަންހާއިރުކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ 10 މީހަކު ދަތުރުކުރަމުން ދިޔަ ކަމަށް ފުލުހުން ބުނެއެވެ.
އޭގައި ތިބި 10 މީހުންގެ ތެރެއިން އަށް މީހަކު މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަނެއް ދެ މީހުން އަދިވެސް ނުފެންނާތީ، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮޅުވެއްޓީގައި ތިބީ 8 ބިދޭސީއަކާއި ދެ ދިވެއްސެކެވެ. ގެއްލިގެން ހޯދަމުން އަންނަނީ ދެ ބިދޭސީއަކު ކަމަށް ފުލުހުން ބުނެއެވެ.
މޫސުން ގޯސްވެ ކަނޑުމަތީގެ ބައެއް ހާދިސާތައް މިއަދު ހިނގާފައިވާއިރު މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ 50 މޭލު ބާރުމިނުގައި ވައިޖެހޭނެތީ ޔެލޯ އެލާޓް ނެރި ސަމާލުވާން އެދިފައެވެ.
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓް ގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;