ads
ނަރުދޫއަށް އުދަ އަރާފައި
މިރޭ މުޅި ރާއްޖެއަށް ވިއްސާރަ، އުދަވެސް އަރާނެ، ރާޅުގެ އުސްމިން 7 ފޫޓަށް
މިރޭވެސް މުޅި ރާއްޖެއަށް ގުގުރުމާއިއެކު ވިއްސާރަ، ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހި އުދަވެސް އަރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
Advertisement

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކުގައި ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލަައި ދެމެދުގެ ބާރުމިނުގައި މެދުރާއްޖެ ތެރޭގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން އަދި އުތުރު އަތޮޅުތަކުގައި ހުޅަނގާއި ހުޅަނގި އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެ އެވެ. 

އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. 

ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. 

މެދުރާއްޖެ ތެރޭގައި ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 7 ފޫޓާއި ދެމެދުގައިކަމަށް މެޓް އޮފީހުން ބުނެ އެވެ. 

މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައިވާތީ ފުލުހުންގެ ހިދުމަތުން ވަނީ އުޅަނދުގައި ހުންނަން ޖެހޭ ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަގީން ކުރުމަށާއި، އުޅަނދަށް މީހުންނާއި މުދާ އެރުވުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށް ވުރެ އިތުރަށް ނޭރުވުމަށާއި، މުވާސަލާތީ ވަސީލަތްތައް ފުރިހަމައަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށް ވެސް އިރުޝާދުދީފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;