އެ ކުންފުނިން ވަނީ ކުންފުނީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ހިލޭ އައިސް ކްރީމް ބެހުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ބުނެފައެވެ.
އެގޮތުން މާލެއާއި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ވެސް މި ހަރަކާތް ކުރިއަށްދާނެ ކަމަށް ކަމަށް އުރީދޫއިން ވަނީ ބުނެފަ އެވެ.
މިގޮތުން މާލޭގައި ހުންނަ އުރީދޫ ޑިޖިޓަލް ސެންޓަރު (ސަލްމާން މިސްކިތް ކުރިމަތި)، ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑްކުއާޓަރު، ހުޅުމާލެ ފޭސް 2 ގައި ހުންނަ އުރީދޫގެ އޯއީސީ، ކުޅުދުއްފުށީގައި ހުންނަ އުރީދޫގެ އޮފީސްގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އުރީދޫގެ އޯއީސީން ހިލޭ އައިސް ކްރީމް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިދިޔަ އަހަރުވެސް އުރީދޫއިން ވަނީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ހިލޭ އައިސްކްރީމް ބުއިމުގެ އިންތިޒާމު ހަމަޖައްސާފަ އެވެ.
އުރީދޫގެ އަހަރީ ދުވަހާ ދިމާކޮށް އެ ކުންފުނިން އަންނަނީ ގިނަ ހަރަކާތްތައް ރާވައި ހިންގަމުންނެވެ.
އުރީދޫ މޯލްޑިވްސްގެ ހިދުމަތް ރާއްޖޭގައި ފެށީ މީގެ 21 އަހަރު ކުރިން 1 އޯގަސްޓު 2005 ގަ އެވެ. އުރީދޫއާއެކު ރާއްޖޭގެ ޓެލްކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެ ކުންފުނީގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ދޭން ފެށީ ވަނަތިއްޔާގެ ނަމުގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;