ads
ޒަކާތުގެ ހައުސްގެ މުވައްޒަފުން ޒަކާތް ބެހުމުގައި
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަވެ، 21.3 މިލިއަނަށް އަރައިފި
މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަވެ، 21.3 މިލިއަނަށް އަރައިފިއެވެ.
Advertisement

ޒަކާތު ހައުސްއިން ބުނީ މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. އެގޮތުން މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ 2025ވަނަ އަހަރުގެ ޖޫން މަހު ލިބުނު އަދަދާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެއްކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. މިދިޔަ އަހަރު ޖޫންމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 10,644,218.55 ރުފިޔާއެވެ.

ޒަކާތު ހައުސްއިން ބުނީ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި (އެޕްރީލުން ޖޫންއަށް) މުދަލު ޒަކާތުގެ ގޮތުގައި 34.40 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 26.73 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28.73 އިންސައްތައިގެ އިތުރުވުމެއްކަމަށްވެސް ޒަކާތު ހައުސްއިން ބުނެއެވެ.

މީގެ އިތުރުން، 2026ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.73 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. މިއީ 2025ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 61.58 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29.48 އިންސައްތައިގެ ކުރިއެރުމެއްކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ޖޫން މަހުގެ ތެރޭގައި މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ޒަކާތުގެ ބެހެނިވެރީންގެ އެކި ދާއިރާތަކަށް ޖުމުލަ 18,824,537.13 ރުފިޔާ ދޫކޮށްފައިކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދާއިރާއަށްކަމަށާއި އެ ދާއިރާއަށް ޖުމުލަ 16,995,735.75 ރުފިޔާ ހޭދަކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;