ads
މި ސަރުކާރުން އަމީނީމަގުގައި ތާރުއެޅި ބައި މީގެކުރިން ރަނގަޅުކުރަނީ
އަމީނީމަގު ހަދަން މިރެއިން ފެށިގެން މަގު ބަންދުކުރަނީ
އަމީނީމަގު އަލުން ހަދަން ފެށުމަށް މިރޭ އެމަގު އާއްމު ދަތުރުފަތުރަށް ބަންދުކުރަން ނިންމައިފިއެވެ.
Advertisement

ފުލުހުން ބުނީ އަމީނީމަގު މަރާމާތް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓް މިރޭ ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން މިރޭ 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެވި، އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެކަަމށް ފުލުހުން ބުނެއެވެ. އަދި މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، މިރޭގެ ދަންވަރު 12 ޖެހުމުގެ ކުރިން އެ ސަރަހައްދުން ނެންގުމަށްވެސް ފުލުހުން ވަނީ އަންގާފައެވެ.

your imageއަމީނީމަގު ހަދަން މަގުގެ ޓްރެފިކް ފްލޯއަށް ގެންނަ ބަދަލު ފެންނަ ޗާޓެއް

އަމީނީމަގުގައި މި ސަރުކާރުގެ ވެރިކަމަށް އައިސް އެންމެފަހުން ތާރުއެޅި ސަރަހައްދު ކަމަށްވާ ހާބަރު ފުޑްކޯޓު ސަރަހައްދުގެ ތާރު ގަނޑު ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހުރީ ހެދިފައެވެ. އެކަމުގެ ސަބަބުން އެމަގުގައި ދުއްވަން ނުރައްކާތެރިވެފައި ވެއެވެ.

އަމީނީމަގު އަލުން މަރާމާތުކުރަން ނިންމާފައިވަނީ މާލޭގެ މަގުތައް ތަރައްގީކޮށް މަރާމާތުކުރުމަށް ހިންގާ "މާލެ ރޯޑް ޕްރޮޖެކްޓް"ގެ ދަށުންނެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;