ރައްޔިތުން މަޖލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބް މިއަދު ވިދާޅުވީ މާލޭއާއި ހުޅުމާލޭގައި ދުއްވާ ހުރިހާ ވެހިކަލެއްގެ އަހަރީ ފީގެ ގޮތުގައި ދައްކާ ފައިސާ ލިބެނީ މާލޭ ސިޓީ ކައުންސިލަށް ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް 150 މިލިއަން ރުފިޔާ މާލޭ ސިޓީ ކައުންސިލަށް ލިބޭކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގެ މަގުތައް މަރާމާތުކޮށް މަގުތައް ހެދުމުން މަތިވެފައިވަނީ މާލޭ ސިޓީ ކައުންސިލްގެ މައްޗަށްކަމަށް ވިޔަސް ކައުންސިލުން އެ މަސައްކަތް ކުރަމުން ނާންނަކަމަށެ ވެ. އެހެންނަމަވެސް އެ މަސައްކަތް ކައުންސިލުން ކުރަމުންނުދާކަމަށް މުއްތަލިބް ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ތާރު އެޅިމަގެއްގެ ތާރު ކަނޑާނަމަ އެކަން ކުރަންވީ ގޮތާއި ދެން އެތަން މަރާމަތުކުރަންޖެހޭ ގޮތުގެ އުސޫލެއް ހަދާ މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ.
މަގެއް ހަލާކުވެއްޖެއްޔާ އެތަނަށް ހަދަން ޖެހެނީ ސަރުކާރަށްކަން ފާހަގަކުރައްވަމުން މިނިސްޓަރު މުއްތަލިބް ވިދާލުވީ ސަރުކާރަކީ މަރާމާތުކުރާ ބައެއް ނޫންކަމަށާއި ސަރުކާރުގެ ޒިންމާއަކީ މަޝްރޫއުތައް ހިންގުން ކަމަށެވެ. އެހެންކަމުން މާލޭ ވެހިކަލްތަކުގެ އަހަރީ ފީ އިން ކައުންސިލަށް އަހަރަކަށް ލިބޭ 150 މިލިއަން އަތުލާ މިނިސްޓްރީއަށް ދިނުމަށް ގާނޫނަށް ބަދަލު ގެންނަން މެމްބަރުންނަށް މިނިސްޓަރު މުއްތަލިބް ވަބީ ގޮވާލައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;