އިންޑިއާއިން ބުނީ މި ހަރަކާތަކީ އަމިއްލަ މީޑިއާއަކުން އިސްނަގައިގެން އަމިއްލައަށް އިންތިޒާމުކުރާ ކަމެއް ކަމަށެވެ.
"މި ކަމުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތް އަދި އެ ފޯރަމްގައި ފާޅުކުރާ އެއްވެސް ހިޔާލަކަށް ސަރުކާރުން ތާއީދެއް ނުކުރާނެ،" އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވި އެވެ.
ސިޔާސީ ހަރަކާތްތަކަށް އިންޑިއާގެ ފަސްގަނޑު ބޭނުންކުރުމުގެ ފުރުސަތު ހަސީނާއަށް ނުދިނުމަށް ބަންގްލަދޭޝްއިން ވަނީ އިންޑިއާއަށް އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
ބަންގްލަދޭޝްގެ މީޑިއާތަކުން ހަސީނާގެ ތަގުރީރު ފޮނުވުން އެ ގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. ބޮޑުވަޒީރުގެ މުޝީރު ޒާހިދު އުރު ރަހްމާން ވިދާޅުވީ، ހަސީނާގެ ބަޔާންތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓް ކުރުމަކީ ޤާނޫނާ ހިލާފު ކަމެއް ކަމަށެވެ.
2024 ވަނަ އަހަރު ދަރިވަރުން އިސްނަގައިގެން ހިންގި ވަރުގަދަ މުޒާހަރާތަކަކާ ގުޅިގެން މަގާމުން ދުރުކުރުމުން ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. ހަސީނާ މިފަހުން ވިދާޅުވީ މިި އަހަރުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރައްދުގައި ހޯމް މިނިސްޓަރު ސަލާހުއްދީން އަހްމަދު ވިދާޅުވީ، އޭނާ އަނބުރާ ގައުމަށް ގެނެސް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ.
ބަންގްލަދޭޝް އިން އޭނާ އަނބުރާ ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، 2024 ވަނަ އަހަރުގެ މުޒާހަރާތައް ހުއްޓުވުމަށް ހިންގި އަމަލުތަކަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ކަމަށް ނިންމައި، 2025 ވަނަ އަހަރު ބަންގްލަދޭޝްގެ ކޯޓަކުން ވަނީ އޭނާ މަރަން ހުކުމްކޮށްފަ އެވެ.
އދ. އިން އަންދާޒާކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި 1,400 އެއްހާ މީހުން މަރުވެފައިވެ އެވެ. ނަމަވެސް ހަސީނާ ވަނީ އެ ހުކުމަކީ ގާނޫނީ ގޮތުން ސައްހަ ހުކުމެއް ނޫން ކަމަށް ބުނެ އެކަން ބަލައިގަންނަން އިންކާރުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;