ads
އެމްއެމްއޭ ބިލްޑިންގ - ފޮޓޯ: އެމްއެމްއޭ ފޭސްބުކް
އެމްއެމްއޭގެ އިންޓާންޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
Advertisement

މި ޕްރޮގްރާމަކީ، މަރުކަޒީ ބޭންކުގެ މަސައްކަތްތަކާއި މާލީ ދާއިރާގެ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ރަނގަޅު ފުރުސަތެކެވެ. މި ފަހަރުގެ އިންޓާންޝިޕް ޕްރޮގްރާމުގައި ޖުމްލަ 10 ފުރުސަތު ހުޅުވާލާފައި ވެއެވެ.

އެމްއެމްއޭއިން ބުނީ، މި އިންޓާންޝިޕް ޕްރޮގްރާމަކީ އޯލެވެލް، އޭލެވެލް، ޑިގްރީ ނުވަތަ މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ 2 ހަފުތާއާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އިންޓާންޝިޕަށް ހޮވޭ ފަރާތްތަކުގެ މަސައްކަތު ގަޑިއަކީ، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އެވެ. 

އެގޮތުން އޯލެވެލް އަދި އޭލެވެލް ހަދާފައިވާ ފަރާތްތަކަށް 8000 ރުފިޔާ ކަނޑައަޅާފައިވާއިރު، ޑިގްރީއެއް ހަދާފައިވާނަމަ 9000 ރުފިޔާ އަދި މާސްޓާސް ހަދާފައިވާނަމަ 10000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ، މިމަހުގެ 13 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;