މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައި މަހު ސީ-ޓު-އެއަރ ކާގޯ ހިދުމަތް މެދުވެރިކޮށް 633 ޓަނުގެ މުދާ ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފަ އެވެ.
މިއީ އޭގެ ކުރީ މަހު މި ހިދުމަތް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވި 335 ޓަނުގެ މުދާއާ އަޅާ ބަލާއިރު 88 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ މަހު ރާއްޖެއިން 6 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 10 ގައުމަކަށް ވަނީ، މުދާ ފޮނުވާފައެވެ. އަދި މިއީ، ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 131 ޓީއީޔޫސްއެވެ.
މިދިޔަ މަހަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ ރާއްޖެއިން ބޭރަށް ފޮނުވި މަހެވެ.
އެގޮތުން މިދިޔަ މަހުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު 2000 ޓަނަށްވުރެ މައްޗަށް އަރާފައި ވެއެވެ.
މިއީ، އެއާޕޯޓުގެ ތާރީޚުގައި މިފަދަ މިންވަރަކަށް މަހެއްގެ މައްޗަށް މުދާ އުފުލި ފުރަތަމަ ފަހަރު ކަމަށް އެމްއޭސީއެލުން މައުލޫމާތުދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;