ads
ޑރ. ވިޓަލީ ލިއުބިމޯވް
މިފްކޯގެ ބިދޭސީ ސީއީއޯއަށް ބަދަލު ނަގައިނުދެވޭނެ: ޓްރައިބިއުނަލް
މިފްކޯ އަށް ގެނައި ބޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓަލީ ލިއުބިމޯވް އެ މަގާމުން ވަކިކުރީ ނޯޓިސް ދިނުމަކާ ނުލައި ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އޭނާ ހުށަހެޅި މައްސަލަގައި ބަދަލެއް ނަގައިދެވެން ނެތް ކަމަށް ކަނޑައަޅައިފި އެވެ.
Advertisement

ލިއުބިމޮވް މިފްކޯގެ ސީއީއޯ ކަމާ ހަވާލުވީ ޑިސެމްބަރު 10، 2024ގައެވެ. ނަމަވެސް އޭނާ ވަޒީފާއާ ހަވާލުވިތާ ތިން މަސް ފަހުން މިދިޔަ އަހަރުގެ މާރިޗު މަހުގެ ތިން ވަނަ ދުވަހު، ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ވަނީ، މިފްކޯގެ ސީއީއޯގެ އިތުރުން މެނޭޖިން ޑިރެކްޓަރުގެ މަގާމުން އޭނާ ވަކިކޮށްފައިވާކަން އިއުލާންކޮށްފައެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް އޭރު ހާމައެއްނުކުރެއެވެ. 

ވިޓާލީ މިފްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސިތާ 3 މަސް ފަހުން އޭނާ ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެ މަސް ތެރޭގައި އޭނާ ޓްރައިބިއުނަލަށް މައްސަލަ ގެންދިޔަ އެވެ. ޓްރައިބިއުނަލްގައި މައްސަލަ ބެއްލެވި މެންބަރު މަރިޔަމް ރިޝްފާ ނިންމެވި ނިންމެވުމުގައި ވަނީ ވިޓާލީ ހުށަހެޅި ވަޒީފާގެ އެއްބަސްވުމަކީ ތަންފީޒު ކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށެވެ. 

މި މައްސަލައިގައި، މިފްކޯއިން މިއީ ޓްރައިބިއުނަލަށް ނުބެލޭނެ މައްސަލައެއް ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ވެސް ހުށަހެޅި އެވެ. އެކަމަކު ޓްރައިބިއުނަލުން ނިންމީ އެ މައްސަލަ ބެލޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;