ads
ޝާހްރުކް ހާން
ޝާހްރުކް ހާންގެ އާ ފިލްމު "ކިންގް" ގެ އާ ލުކް ލީކުވެއްޖެ
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ހާން ކުޅެން ތައްޔާރުވަމުންދާ އާ ފިލްމު "ކިންގް" އިން އޭނާ ފެންނާނެ އާ ލުކް ސޯޝަލް މީޑިއާގައި ލީކުވެއްޖެ އެވެ.
Advertisement

މި ފިލްމަށްޓަކައި އޭނާ ތައްޔާރުކުރި އާ ލުކް ފެނިގެންދިޔައީ އިނގިރޭސިވިލާތުގެ ލަންޑަނުގައި އާއިލާއާ އެކު ވަގުތު ހޭދަކުރަނިކޮށެވެ.

ލަންޑަނުގައި އާއިލާއާއި ރައްޓެހިންނާ އެކު ކްރިކެޓް ކުޅެން ހުރި އިރު، ޝާހްރުކް ހާން ހުރީ އޭނާގެ އާ ސޫރަ ވަންހަނާކުރުމަށްޓަކައި ތޮއްޕެއް އަޅައިގެންނެވެ. ނަމަވެސް އޭނާގެ އިސްތަށިގަނޑުން ގްރޭ ނުވަތަ އަޅި ކުލައެއް ފެންނަން ހުރުމުން، ސަޕޯޓަރުންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

ހަބަރުތައް ބުނާ ގޮތުގައި "ކިންގް" ފިލްމުގައި ޝާހްރުކް ހާން ފެނިގެންދާނީ ކުރިން އޭނާ ފެނިފައިނުވާ ފަދަ ތަފާތު ގޮތަކަށެވެ. އެގޮތުން މި ފިލްމުގައި އޭނާގެ އިސްތަށިގަނޑު ހުންނާނީ އަޅި ކުލައެއްގައެވެ. މި އާ ލުކް ސިއްރުކުރަން އޭނާ މަސައްކަތް ކުރި ނަމަވެސް، ލަންޑަނުން ނަގާފައިވާ ފޮޓޯތަކާއި ވިޑިއޯތަކުން އެކަން މިހާރު ވަނީ އާންމުވެފަ އެވެ.

ޝާހްރުކް ހާންގެ "ކިންގް" އަކީ އޭނާގެ ސަޕޯޓަރުން ވަރަށް ބޮޑަށް އިންތިޒާރުކުރަމުންދާ ފިލްމެކެވެ. މި ފިލްމުގެ އާ ލުކް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، އޭނާގެ ސަޕޯޓަރުން އަންނަނީ އެ ފިލްމާމެދު އޮތް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;