ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކްރޫޒްލައިނާތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 15577އަށް އަރާފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ކްރޫޒްލައިނާތަކުން ރާއްޖެ އައީ 8263 ފަތުރުވެރިންނެވެ. އެހެންވެ، މިދިޔަ އަހަރަށް ވުރެ މިއަހަރު، ގާތްގަނޑަކަށް 87 ޕަސެންޓު އިތުރަށް ކްރޫޒްލައިނާތަކުން ފަތުރުވެރިން އައެވެ.
ހިސާބުތަކަށް ބަލާއިރު، މި އަހަރު އެންމެ ގިނައިން ކްރޫޒްލައިނާތަކުން ފަތުވެރިން ޒިޔާރަތްކުރީ ފެބްރުއަރީ މަހެވެ. އެ މަހު އެކަނި 5000އަށް ވުރެ ގިނަ ފަތުރުވެރިން ކްރޫޒްލައިނާތަކުން ޒިޔާރަތްކުރިއިރު، ޖެހިގެން އައި މާރިޗުގައި 4000އަށް ވުރެ ގިނަ ޓޫރިސްޓުން އައެވެ.
ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުން އިތުރުވި ނަމަވެސް، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުން މިދިޔަ އަހަރަށް ވުރެ ދަށެވެ. މިއަހަރުގެ މިހާތަނަށް އައިއިރު އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަނީ އިންޑިއާގެ ވާދަވެރި ޗައިނާއިންނެވެ.
ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 45،000 އަށް ވުރެ ގިނަ އެނދު އެބަހުއްޓެވެ. ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި، 16 ހޮޓެލްގެ އިތުރުން، 918 ގެސްޓްހައުސް އާއި، 171 ސަފާރީ އޮޕަރޭޓް ކުރަމުންދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;