ads
އިންކަމް ޓެކްސް ބަރާބަރަށް ދައްކައިގެން ސިޔާމަށް މީރާއިން އެރުވި އެވޯޑްއާ ހަވާލުވެލައްވަނީ
އިންކަމް ޓެކްސް ބަރާބަރަށް ދައްކައިގެން ސިޔާމަށް އެވޯޑް
އިންކަމް ޓެކްސް ބަރާބަރަށް ދެއްކި ފަރުދެއްގެ ގޮތުން މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީ (މީރާ) އިން ދޭ ރަންލާރި އެވޯޑް ރައްޔިތުން މަޖލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދަށް ލިބިއްޖެ އެވެ.
Advertisement

ޓެކުހުގެ ގޮތުގައި އެންމެ ގިނައިން މީރާއަށް ފައިސާ ދައްކާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން "ރަން ލާރި" އެވޯޑްގެ ނަމުގައި ހާއްސަ އެވޯޑެއް ވަނީ ރޭ ވަނީ ދީފަ އެވެ. މީރާގފެ 16 ވަނަ އަހަރީ ދުވަހާއި ދިމާކޮށް 19 ފަރާތަކަށް މި އެވޯޑް ވަނީ ދީފަ އެވެ. މި ގޮތުން މިއަހަރު އެވޯޑް ދީފައިވަނީ ޓެކްސްގެ ގާނޫނުތަކުގެ ދަށުން 2025 ވަނަ އަހަރާއި ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކޮށްފައިވާ ފަރާތްތަތކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދެއްކި ފަރާތްތަކަކަށް ކަމަށް މިރާއިން ބުނެ އެވެ.

މި އެވޯޑްތަކުން އާމްދަނީ ނަގާ ޓެކްސް އެންމެ ގިނައިން ދެއްކި އަދި ބަރާބަރަށް ދައްކާ ފަރުދެއްގެ ގޮތުން އެވޯޑް ލިބިފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު އަށެވެ.

މި ފަހަރުގެ މީރާގެ ރަންލާރި އެވޯޑް 12 ގިންތިއަކުން 20 ފަރާތަކަށް ވަނީ ދީފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް - ރިޒޯޓް 

  • ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް / ބެޑް ކެޕޭސިޓީ 150 އަށްވުރެ ދަށް
  • ދަ ރިޒޯޓް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް / ބެޑް ކެޕޭސިޓީ 151 އާއި 250 ދެމެދު 
  • ވަލްޑޯޕް އެސްޓްރިއާ މޯލްޑިވްސް އިތާފުށި / ބެޑް ކެޕޭސިޓީ 250 މަތި 

ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް - ޓޫރިސްޓް ހޮޓާ

  • ހުޅުލެ އައިލެންޑް ހޮޓާ

ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް - ޓޫރިސްޓް ގެސްޓް ހައުސް 

  • އޯޝަން ގްރޭންޑް 

ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް - ޓޫރިސްޓް އުޅަނދު

  • ވިލަމެންދޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ "ގޮމަފުޅު"

ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީ - ޓްރެވަލް އެޖެންސީ

  • އިންޓުއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ފަތުރުވެރިކަމުގެ ދާއިރާގެ ޓީޖީއެސްޓީ - އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތައް

  • ޓްރާންސް މޯލްޑިވިއަން އެއާވޭސް ޕްރައިވެޓް ލިމިޓެޑް

ޓޫރިޒަމް ދާއިރާ ފިޔަވާ އެނޫން ދާއިރާތަކުގެ ޖީއެސްޓީ

  • އަހްމަދު ނިޔާޒު / އާމްދަނީ 30 މިލިއަން ރުފިޔާއިން ދަށް 
  • އިލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް /  އާމްދަނީ 30 މިލިއަނާއި 100 މިލިއަނާއި ދެމެދު
  • ވާސާ ރިޒޯޓްސް މެނޭޖެމަންޓް ޕްރައިވެޓް ލިމިޓެޑް / އާމްދަނީ 100 މިލިއަނާއި 200 މިލިއަނާއި ދެމެދު
  • ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް / އާމްދަނީ 200 މިލިއަނުން މަތި

އެއާޕޯޓް ޓެކުހާއި ފީ 

  • އިއްތިހާދު އެއާވޭސް 

އާމްދަނީން ނަގާ ޓެކްސް ފަރުދުން ނޫން އެހެން ފަރާތްތައް

  • އެޓްމޮސްފިއާ ކަނި ރިޒޯޜް ޕްރައިވެޓް ލިމިޓެޑް / އާމްދަނީ 30 މިލިއަނުން ދަށް 
  • ކަނޑޫމާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް / އާމްދަނީ 30 މިލިއަނާއި 100 މިލިއަނާއި ދެމެދު
  • ވާސާ ރިޒޯޓްސް މެނޭޖެމަންޓް ޕްރައިވެޓް ލިމިޓެޑް / އާމްދަނީ 100 މިލިއަނާއި 200 މިލިއަނާއި ދެމެދު
  • އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް / އާމްދަނީ 200 މިލިއަނުން މަތި 

your imageކަނޑޫމާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރަންލާރި އެވޯޑްއާ ހަވާލުވަނީ

އާމްދަނީ ނަގާ ޓެކްސް ބޭންކު

  • ބޭންކު އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (ބީއެމްއެލް)

ސަރުކާރު ހިއްސާވާ ކުންފުނި 

  • ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު)

މި އެވޯޑްތައް ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓާ ހަސަން ޒަރީރުއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;