ads
ބީއެމްއެލްގެ އެހީއާ އެކު ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ދުވުން ބާއްވައިފި
ވިޔަފާރި ކުންފުނިތަކާއި މުއައްސަސާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ޓީމް ރޫހު އާލާކުރުމުގެ މަގުސަދުގައި ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ހާއްސަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" ދުވުން މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކާމިޔާބުކަމާއެކު ބާއްވައިފި އެވެ.
Advertisement

ވީރަން މޯލްޑިވްސް އިން އިންތިޒާމުކުރި މި ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ އެކު ވެފައިވާ ޕާޓްނަޝިޕްގެ ދަށުން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދީގެން ބޭއްވި ހަރަކާތެކެވެ.

މި ދުވުމުގެ އެއްވަނަ ޓީމަށް 20،000ރ، ދެވަނަ ޓީމަށް 15،000ރ އަދި ތިންވަނަ ޓީމަށް 10،000ރ. ދީފައިވާއިރު، ރޭސް ފުރިހަމަކުރި ދުވުންތެރިންނަށް ވަނީ ފިނިޝާ މެޑަލް ދީފަ އެވެ.

ރާއްޖޭގައި ހިންގާ ކުންފުނިތަކާއި މުއައްސަސާތަކުގެ ފުލްޓައިމް މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި މި ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ވެވުނު ދެ އަހަރު ދުވަހުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގެ ދަށުން ކުރިއަށްދިޔަ ރޭހެކެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ފުރަތަމަ ކޯޕަރޭޓް ރިލޭ ރޭހެވެ. މީގެ އިތުރުން، މިއީ ރޭސް ނިންމުމަށް ހޭދަވާ ވަގުތު ބެލުމަށް ޗިޕެއް ރިލޭގެ ބެޓަންގެ އެތެރޭގައި ހިމަނައިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތް ވެސްމެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;