ads
މަރީއާ ގިގެންތޭ--
ކުރީގެ ރީތީގެ ރާނީއެއް ލޮކްޑައުންއާ ހިލާފުވުމުން ހައްޔަރު ކޮށްފި
ފިލިޕީންސްގެ ރީތީގެ ރާނީއަކު ލޮކްޑައުންއާ ހިލާފުވުމުން ހައްޔަރު ކޮށްފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފި އެވެ.

ފިލިޕީންސްގެ ރީތީގެ ރާނީ މާރިއާ ގިގަންތޭ އާއި އޭނާގެ ލޯބިވެރިޔާ ލޮކްޑައުންއާ ހިލާފުވެ ގޮނޑުދޮށަށް ގޮސް މޫދަށް އެރި އުޅެނިކޮށް ފިލިޕީންސް ކޭބޫ ސިޓީގެ ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޭބޫގެ ފުލުހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި 26 އަހަރުގެ މަރީއާ އާއި އޭނާގެ 25 އަހަރުގެ ލޯބިވެރިޔާ، ހެވިއާ ފިލޯސާ ކޭސްޓްރޯ ހައްޔަރު ކޮށްފައިވަނީ ކޭބޫގެ މޯލްބޯލް އަވަށުގެ ގޮނޑުދޮށަށް ގޮސް މޫދަށް އެރި އުޅެނިކޮށެވެ.

your image

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ކޭބޫ ސިޓީ ވެސް އޮތީ ލޮކްޑައުނެއްގަ އެވެ. އެގޮތުން، ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ދިއުމާއި، މޫދަށް ގޮސް އުޅުން އެ ސިޓީ އިން ވަނީ މަނާ ކޮށްފަ އެވެ.

މަރީއާ އަދި ހެވިއާ ކޭބޫ ސިޓީ އިން މޯލްބޯލް ޓައުން އަށް ގޮސްފައި ވަނީ އެހީ އަށް ފޯރުކޮށްދޭ އެއްޗެހި ހިފައިގެން އެ އެއްޗެހި ބެހުމުގެ ނަމުގައި ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް